
އެސްއެމްއީ ޑިޖިޓަލްގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ވެންޑަރުންނަށް ހުޅުވާލައިފި

މުޙައްމަދު ފަޟްލޫން - 30 އޭޕްރީލު 2026 - 10:14
އެސްއެމްއީ ޑިޖިޓަލްގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، ހުރިހާ ބާވަތެއްގެ މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ވެންޑަރުންގެ ގޮތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ މިފަދަ ފުޅާ ދާއިރާއެއްގައި ވެންޑަރުން ރަޖިސްޓްރީކުރުމަށް ހުޅުވާލި ފުރަތަމަ ފަހަރެވެ.
މިކަމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްއިން ހާމަކުރެއްވި ގޮތުގައި، މި ނިންމުމުގެ މައިގަނޑު މަގްސަދަކީ އެސްއެމްއީ ޑިޖިޓަލް ފައިނޭންސިން މެދުވެރިކޮށް ތަކެތި ބައްލަވައިގަންނަ ފަރާތްތަކަށް މުދަލާއި ޚިދުމަތް ހޯދޭނެ އިތުރު މަގުތައް ތަނަވަސްކޮށްދިނުމެވެ. ވެންޑަރެއްގެ ގޮތުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް އެ ކުންފުނީގެ ޚާއްޞަ ޕޯޓަލް ނުވަތަ ފޯމު މެދުވެރިކޮށް ފަސޭހަކަމާއެކު ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި މިކަމަށް ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާތީ، ކޮންމެ ވަގުތަކުވެސް ރަޖިސްޓްރީވުމުގެ ފުރުސަތު އޮންނާނެއެވެ.
އެސްއެމްއީ ޑިޖިޓަލްއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ނިޒާމުގެ ތެރެއިން ވެންޑަރުން ރަޖިސްޓްރީކުރުމުން، މުދާ ނުލިބުމާއި ފައިސާގެ މުއާމަލާތްތަކުގައި ދިމާވާ އޮޅުވާލުންތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. މިހާރުވެސް ގިނަ އަދަދެއްގެ ވެންޑަރުން ވަނީ މި ނިޒާމުގައި ބައިވެރިވެފައެވެ.
ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ޙަސަން ކުރިން ވިދާޅުވެފައިވާ ފަދައިން، އެސްއެމްއީ ޑިޖިޓަލްގެ އަމާޒަކީ ހަމައެކަނި މާލީ އެހީތެރިކަން ފޯރުކޮށްދޭ ތަނަކަށްވުމުގެ ބަދަލުގައި، ކުދި ވިޔަފާރިތަކުގެ ހުރިހާ މަރުޙަލާއެއްގައި އެހީތެރިވެދޭ އިތުބާރު ހުރި މުއައްސަސާއަކަށް ވުމެވެ. އެސްއެމްއީ ޑިޖިޓަލްއަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް މުއައްސަސާއެވެ.
ގުޅުން ހުރި ޙަބަރުތައް

ވަޒީރު އިހްސާނަށް ރުހުންދިން އެމްޑީޕީ މަޖިލިސް މެމްބަރުންނަށް ފާޑުކިޔުން އަމާޒުވެއްޖެ
ގަޑިއިރެއް ކުރިން
ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ ފަހަތަށްދަނީ ސަރުކާރުގެ ސަބަބުންނެއް ނޫން: ތަރުޖަމާނު
2 ގަޑިއިރު ކުރިން

މެއި މަހުގެ 3 ވަނަ ދުވަހު ރައީސް ޑރ މުއިއްޒު ސްރީލަންކާއަށް ވަޑައިގަންނަވަނީ
2 ގަޑިއިރު ކުރިން

ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ހަތަރު ދަރަޖަ ދަށަށް ހިނގައްޖެ
2 ގަޑިއިރު ކުރިން


.gif&w=3840&q=75)