
ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ހަތަރު ދަރަޖަ ދަށަށް ހިނގައްޖެ

މުޙައްމަދު ފަޟްލޫން - 30 އޭޕްރީލު 2026 - 10:13
ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް ގައި ދިވެހިރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ޖެހިއްޖެއެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް) އިން މިއަހަރު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެ ވަނީ ކުރިން އޮތް 104 ވަނަ ދަރަޖައިން 108 ވަނަ ދަރަޖައަށް ދަށަށް ގޮސްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ޖުމްލަ ސްކޯ ވެސް ވަނީ 52.46 އިން 49.23 އަށް ދަށްވެފައެވެ.
އާރްއެސްއެފްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ މީޑިއާތަކަށް މާލީ މިނިވަންކަން ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި، ނޫސްވެރިކަމުގެ ދާއިރާއަށް ހުރި ގާނޫނީ ހުރަސްތައް ވަނީ އިތުރުވެފައެވެ. އެގޮތުން އިގްތިސާދީ މިންގަނޑުން ރާއްޖެ 39 ދަރަޖަ ފަހަތަށް ޖެހިފައިވާއިރު، ގާނޫނީ މިންގަނޑުން 23 ދަރަޖައިގެ ދަށްވުމެއް ވަނީ ރިކޯޑުކުރެވިފައެވެ.
މީގެ އިތުރުން، ނޫސްވެރިންގެ ރައްކާތެރިކަމުގެ ދާއިރާއިން ރާއްޖެ 21 ދަރަޖަ ފަހަތަށް ގޮސްފައިވާކަން އެ ޖަމްއިއްޔާއިން ފާހަގަކުރެއެވެ. މިއީ ނޫސްވެރިންނަށް އޮތް ނުރައްކާ ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވަމުންދާކަމުގެ ހެއްކެއް ކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ކޮންމެ އަހަރަކުވެސް އާރްއެސްއެފުން ނެރޭ މި އިންޑެކްސްގެ އެންމެ ކުރީގައި މިއަހަރުވެސް އޮތީ ނޯރވޭ އެވެ. އަދި ލިސްޓުގެ އެންމެ ފުލުގައި އޮތީ އެރިޓްރެއާ އެވެ.
ގުޅުން ހުރި ޙަބަރުތައް

ވަޒީރު އިހްސާނަށް ރުހުންދިން އެމްޑީޕީ މަޖިލިސް މެމްބަރުންނަށް ފާޑުކިޔުން އަމާޒުވެއްޖެ
ގަޑިއިރެއް ކުރިން
ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ ފަހަތަށްދަނީ ސަރުކާރުގެ ސަބަބުންނެއް ނޫން: ތަރުޖަމާނު
2 ގަޑިއިރު ކުރިން

ނޫސްވެރިއަކު ސުވާލުކޮށްފިނަމަ ވީ އެންމެ އަވަހަކަށް ޖަވާބު ދެއްވާނަން: މުންދު
2 ގަޑިއިރު ކުރިން

އެސްއެމްއީ ޑިޖިޓަލްގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ވެންޑަރުންނަށް ހުޅުވާލައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)