logo

ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ ފަހަތަށްދަނީ ސަރުކާރުގެ ސަބަބުންނެއް ނޫން: ތަރުޖަމާނު

profile

މުޙައްމަދު ފަޟްލޫން - 30 އޭޕްރީލު 2026 - 10:57

ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ ފަހަތަށްދަނީ ސަރުކާރުގެ ސަބަބުންނެއް ނޫން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ސޮއްސާލީ ސަރުކާރުގެ ސިޔާސަތެއްގެ ސަބަބުންތޯ ނުވަތަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަކާ ގުޅިގެންތޯ ނޫސްވެރިއަކު ސުވާލު ދެންނެވިއެވެ.

އަލަށް އުފެއްދުމަށް ނިންމާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާ މިކަމާ ގުޅުމެއްވޭތޯ ވެސް ނޫސްވެރިޔާ ސުވާލު ކުރިއެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުން ރާއްޖެ ފަހަތަށް ދަނީ ސަރުކާރުން ކުރާ ކަމެއްގެ ސަބަބުން ކަމަށް ބައެއް ނޫސްވެރިންނަށް ހީވި ނަމަވެސް، އެއީ ހަމައެކަނި ސަރުކާރާއި މީޑިއާއާ ދެމެދު އޮންނަ ގުޅުމަށް ބަލައިގެން ކަނޑައަޅާ މިންގަނޑެއް ނޫން ކަމަށެވެ.

މީގެއިތުރުން، މިއީ އެންމެންގެ ޒިންމާއެއް ކަމަށާއި، ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ ދަށްވުމަކީ އޭނާގެ އިތުރުން ނޫސްވެރިން ވެސް ކަންބޮޑުވާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މި މިންގަނޑު ރަނގަޅުވުމަކީ ދިވެހިރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ރީތި ނަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމިޓީ ޓު ޕްރޮޓެކްސް ޖާނަލިސްޓް (ސީޕީޖޭ) ނުވަތަ ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެފްއެފް) ތަކަކީ އޭނާ ވަރަށް ގަދަރު ކުރާ ބޮޑެތި އޯގަނައިޒޭޝަންތައް ކަމަށާއި އެބޭފުޅުންނަށް އޭނާ ޖަވާބުދާރީ ވާނެ ކަމަށް ވިިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk