
މެއި މަހުގެ 3 ވަނަ ދުވަހު ރައީސް ޑރ މުއިއްޒު ސްރީލަންކާއަށް ވަޑައިގަންނަވަނީ

މުޙައްމަދު ފަޟްލޫން - 30 އޭޕްރީލު 2026 - 10:13
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ގައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއް އަންނަ މެއި މަހުގެ 3 ވާ އާދިއްތަ ދުވަހު ކުރައްވަން ހަމަޖެހިއްޖެއެވެ.
އަންނަ މެއި މަހުގެ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަތަރު ދުވަހުގެ ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ސްރީލަންކާގެ ރައީސާއެކު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.
މީގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ދެ ޤައުމުގެ ލީޑަރުންގެ ހާޒިރުގައި ސޮއިކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ކެބިނެޓް ވަޒީރުންގެ އިތުރުން ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ރައީސް ޑޮކްޓަރ މުޢިއްޒުގެ މި ދަތުރުފުޅަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ އަވަށްޓެރި ޤައުމުތަކާއެކު އޮންނަ ބަދަހި ގުޅުން އިތުރު އުސްމިންތަކަކަށް ގެންދިއުމަށް އެމަނިކުފާނު ގެންގުޅުއްވާ ޚާއްޞަ ސިޔާސަތުގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ.
ގުޅުން ހުރި ޙަބަރުތައް

ވަޒީރު އިހްސާނަށް ރުހުންދިން އެމްޑީޕީ މަޖިލިސް މެމްބަރުންނަށް ފާޑުކިޔުން އަމާޒުވެއްޖެ
ގަޑިއިރެއް ކުރިން
ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ ފަހަތަށްދަނީ ސަރުކާރުގެ ސަބަބުންނެއް ނޫން: ތަރުޖަމާނު
2 ގަޑިއިރު ކުރިން

އެސްއެމްއީ ޑިޖިޓަލްގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ވެންޑަރުންނަށް ހުޅުވާލައިފި
2 ގަޑިއިރު ކުރިން

ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ހަތަރު ދަރަޖަ ދަށަށް ހިނގައްޖެ
2 ގަޑިއިރު ކުރިން


.gif&w=3840&q=75)