logo

ވަޒީރު އިހްސާނަށް ރުހުންދިން އެމްޑީޕީ މަޖިލިސް މެމްބަރުންނަށް ފާޑުކިޔުން އަމާޒުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 30 އޭޕްރީލު 2026 - 11:25

މިސަރުކާރުގެ ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އިހްސާނަށް މަޖިލީހުގައި ރުހުންދިން އެމްޑީޕީ މަޖިލިސް މެމްބަރުންނަށް ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

https://wamco.com.mv/

މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން އެމްޑީޕީގެ އެންމެ ބޮޑު ފާޑުކިޔުމާއި ތުހުމަތުތަކެއް އަމާޒުވެފައިވާ އެއް ބޭފުޅަކީ މިއީއެވެ.

ފުލުހުންގެ ތަހުގީގުތަކަށް ނުފޫޒު ފޯރުވުމާއި، އިހުތިޖާޖުތަކަށް ހުރަސްއެޅުއްވިކަމުގެ ތުހުމަތުތަކާއެކު، މީގެ ކުރިން އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް ވަނީ ހުށަހަޅާފައެވެ. އެހެންނަމަވެސް، ވަޒީރުކަމުގެ ރުހުން ދިނުމަށް ނެގި ވޯޓުގައި އިހުސާނާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ.

މި ނަތީޖާއާ ގުޅިގެން، އެމްޑީޕީގެ އާންމު މެންބަރުންނާއި ކުރީގެ މަޖިލިސް މެންބަރުން އަންނަނީ އެއީ ފުށުއަރާ ކަމެއްގެ ގޮތުގައި ސިފަކޮށް، ނުރުހުން ފާޅުކުރަމުންނެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދާއި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދުގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފަށް ރުހުން ނުދިނުމަށް އެމް.ޑީ.ޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ހުރިހާ މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

މި ނިންމުމާއެކު، އެމްޑީޕީގެ ތެރޭގައި ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވެފައިވަނީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނަށް ރުހުން ދިނުމަށް ބައެއް މެންބަރުން ވޯޓު ދެއްވުމާ ގުޅިގެންނެވެ.

އިއްޔެ ބޭއްވި ވޯޓުގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ 8 މެންބަރަކު ވަޒީރު އިޙްސާނަށް ރުހުން ދެއްވިއިރު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެމްޑީޕީ އިން ވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ހުށަހަޅާފައެވެ.

ވަޒީރު އިޙްސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީ.އެން.އާރު) ގެ ޑާޓާބޭސް ބޭނުންކޮށްގެން، ޕީ.އެން.ސީއަށް މެންބަރުން އިތުރުކުރުމަށް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅި ކަމަށް ބުނާ މައްސަލައިގައެވެ.

މީގެ އިތުރުން، ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް 'އެކްސްޕެޓް ސިސްޓަމް' އެއް ގާއިމުކޮށްފައި ވަނިކޮށް، ކަޅު ލިސްޓުގައި ހިމެނޭ މެލޭޝިއާގެ 'ބެސްޓިނެޓް' ކުންފުންޏާ މަޝްރޫޢެއް ހަވާލުކުރި ކަމަށް ބުނެ، އެމްޑީޕީ އިން ވަނީ ވަޒީރު އިޙްސާނަށް ބޮޑެތި ތުހުމަތުތަކެއް މީގެ ކުރިންވެސް ކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk