
އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ ހަބަރުތައް ރިޕޯޓްކުރާނެ ގައިޑްލައިން ނެރެފި

މުޙައްމަދު ފަޟްލޫން - 30 އޭޕްރީލު 2026 - 13:23
އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ ހާދިސާތައް ރިޕޯޓުކުރުމުގައި މީޑިއާތަކުން ސަމާލުކަންދޭންޖެހޭ ޚާއްސަ އިރުޝާދުތަކެއް (މީޑިއާ އެޑްވައިޒަރީ)، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) ގުޅިގެން މިއަދު ނެރެފިއެވެ.
މި އިރުޝާދުތަކަކީ ނޫސްތަކާއި، އެޑިޓަރުން އަދި ނޫސްވެރިން މިފަދަ ނާޒުކު މައުލޫމާތުތައް އާންމުކުރުމުގައި ޒިންމާދާރުކަން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން އެކުލަވާލާފައިވާ އުސޫލުތަކެއްކަން އެ ޖަމިއްޔާތަކުން ފާހަގަކުރެއެވެ. މި އެޑްވައިޒަރީގައި ބަޔާންކޮށްފައިވާ ގޮތުގައި، އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ ހާދިސާތައް ރިޕޯޓުކުރާއިރު އެކަން ކުރި ގޮތުގެ ތަފްސީލު ހާމަކުރުމާއި، މަރުވުމުގެ ކުރިން ދޫކޮށްފައިވާ ނޯޓުތައް ޝާއިއުކުރުމަކީ ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑުތަކާ ޚިލާފު ކަންކަމެވެ.
މީގެ އިތުރުން، މިފަދަ ހާދިސާތައް މާބޮޑުކޮށް ސެންސޭޝަނަލައިޒް ކުރުމާއި ހިތްދަތި ސުރުޚީތައް ބޭނުންކުރުމަކީ، މުޖުތަމައުގެ ތެރޭގައި އެ އަމަލު ތަކުރާރުކުރުމަށް (ކޮޕީކެޓް ބިހޭވިއަރ) ހިތްވަރު ލިބިދާނެ ކަމެއް ކަމަށް އެ ޖަމިއްޔާތަކުން އިންޒާރުދެއެވެ. އަދި ޒިންމާދާރުކަމެއް ނެތި މިފަދަ ޚަބަރުތައް ފެތުރުމުގެ ސަބަބުން، ހާދިސާ ހިނގި އާއިލާތަކަށް ލިބިފައިވާ ހިތާމަ އިތުރަށް ފުންވެގެންދާކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން، ހާދިސާގެ ބިރުވެރިކަން ދެއްކުމުގެ ބަދަލުގައި، އުންމީދު އާކޮށްދޭނެ ފަދަ ވާހަކަތަކާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މާހިރުންގެ އިރުޝާދުތަކުގެ އިތުރުން، އެހީތެރިކަން ހޯދޭނެ ވަސީލަތްތަކަށް ޚަބަރުތަކުގައި އިސްކަންދިނުމަށް އެމްޖޭއޭ އާއި އެމްއާރްސީ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ވަޒީރު އިހްސާނަށް ރުހުންދިން އެމްޑީޕީ މަޖިލިސް މެމްބަރުންނަށް ފާޑުކިޔުން އަމާޒުވެއްޖެ
4 ގަޑިއިރު ކުރިން
ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ ފަހަތަށްދަނީ ސަރުކާރުގެ ސަބަބުންނެއް ނޫން: ތަރުޖަމާނު
4 ގަޑިއިރު ކުރިން

ނޫސްވެރިއަކު ސުވާލުކޮށްފިނަމަ ވީ އެންމެ އަވަހަކަށް ޖަވާބު ދެއްވާނަން: މުންދު
5 ގަޑިއިރު ކުރިން

އެސްއެމްއީ ޑިޖިޓަލްގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ވެންޑަރުންނަށް ހުޅުވާލައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)