
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު
ނޫސްވެރިއަކު ސުވާލުކޮށްފިނަމަ ވީ އެންމެ އަވަހަކަށް ޖަވާބު ދެއްވާނަން: މުންދު

ރިޟްވާން މޫސާ - 30 އޭޕްރީލު 2026 - 10:16
ނޫސްވެރިއަކު ސުވާލު ކޮށްފިނަމަ ވީ އެންމެ އަވަހަކަށް އެކަމެއްގެ ޖަވާބު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު ( މުންދު )ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް "ޕްރެސަރ ވިތު ދަ ސްޕޮކްސް" ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގެ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވާފައެވެ.
ޕީއެސްއެމްގައި މި އަދު ބޭއްވި މި ބައްދަލު ކުރެއްވުމުގެ ފުރަތަމަ ބައްދަލުވުމުގައި ވެސް މުންދު ނޫސްވެރިންނަށް ވިދާޅުވީ ނޫސްވެރިންނަކީ ގައުމީ ވާޖިބުތަކެއް އަދާކުރެއްވުމަށް މަސައްކަތް ކުރާ ރައްޔިތުންނާ ގުޅުން ހުރި މުހިންމު މައުލޫމާތު ތަކެއް ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން އަންނަ ފަރާތްތަކެއް ކަމަށެވެ.
މުންދު ވިދާޅުވީ އެމަނިކުފާނުގެ ވާޖިބު އެމަނިކުފާނު އަދާކުރައްވާނެ ކަމަށާއި، މިފަދަ ކަންކަމުގައި މީގެ ކުރިން އަދާކުރެއްވެވި މަގާމުތަކުން ވެސް އެކަންކަން އެނގިގެންދާނެ ކަމުގަ އެވެ.
"ޕްރެސަރ ވިތު ދަ ސްޕޮކްސް" ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރެއްވުމުގެ އިތުރުން ނޫސްވެރިން މަސައްކަތް ކުރަމުންދާ ޚަބަރުތަކަށް ސަރުކާރުން ބޭނުންވާ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ މީގެ ސަބަބުން ނޫސްވެރިންނަށް މައުލޫމާތު ހޯދުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.






.gif&w=3840&q=75)