logo

ޗައިނާ އިން ރާއްޖެއަށް ތެޔޮ ގެންނަނީ

profile

ރިޟްވާން މޫސާ - 30 އޭޕްރީލު 2026 - 11:25

ޗައިނާ އިން ރާއްޖެ އަށް ތެޔޮ އެތެރެކޮށް ވިއްކަން ނިންމާފައިވާ ކަމަށް ރޮއިޓާސް ނޫހުން ބުނެފި އެވެ.

https://wamco.com.mv/

ރާއްޖެއަށް މައިގަނޑު ގޮތެއްގައި ތެޔޮ އެތެރެކުރަމުން ދަނީ އޮމާނުންނެވެ. ނަމަވެސް މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ހުރި ދަތިތަކެއްގެ ސަބަބުން ރާއްޖެއަށް މީގެ ކުރިން އެތެެކުރަންޖެހޭ މިންވަރަށް ތެޔޮ އެތެރެ ނުކުރެވި ނުވަތަ ތެޔޮ ލިބުމުގައި ދަތިތަކެއް ހުރި ކަމަށް ސަރުކާރުން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

އެ ނޫހުގައި ވަނީ ޗައިނާއިން އެ ތެޔޮ ވިއްކާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން، އޮސްޓްރޭލިއާ، ބަންގްލަދޭޝް، ކެމްބޯޑިއާ، ލާއޯސް، މިޔަންމާ، ނިއުޒިލެންޑް އަދި ސްރީ ލަންކާ ހިމެނޭ ކަމަށެވެ. އެގޮތުން ވިއްކާ 500،000 ޓަނުގެ ތެރެއިން 40 ޕަސެންޓް ހިއްސާކުރާނީ ޑީސެލާއި ޖެޓް ފިއުލް ކަމަށް ވެސް، ނަން ހާމަ ނުކުރާ މަސްދަރުތަކާ ހަވާލާދީ ރޮއިޓާސްގައިވެއެވެ.

މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން ތެލުގެ އަގު އެންމެ މަތިވި 10 ގައުމުގެ ތެރޭ ރާއްޖެ ހިމެނުނެވެ. އެގޮތުން ތެޔޮ އެތެރެކުރާ ސަރުކާރު ކުންފުނި އެސްޓީއޯއިން އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގުތައް ބޮޑުކޮށްފައިވެއެވެ.

އޭގެ ސަބަބުން 15 ނުވަތަ 16 ރުފިޔާއަށް ލިބެމުން އައި ޕެޓްރޯލާއި ޑީސެލްގެ އަގުތައް މިދިޔަ މަހު ބައެއް އަތޮޅުތަކުގައި ވަނީ 30 ރުފިޔާއަށް ވެސް އަރައިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk