
ތެލުގެ އަގަށް ހެޔޮ ބަދަލެއް ގެނެވޭތޯ އެމެރިކާ އިން މަސައްކަތް ފަށައިފި

ރިޟްވާން މޫސާ - 30 އޭޕްރީލު 2026 - 10:57
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑުތަނުން އުފުލިފައި ވަނިކޮށް ތެލުގެ އަގު ކުޑަ ކުރެވިދާނެ ގޮތަކަށް މަޝްވަރާ ކުރަމުން ދާކަމަށް އެމެރިކާއިން ހާމަކޮށްފި އެވެ.
އީރާނުގެ ބަނދަރުތައް ދިގު މުއްދަތަކަށް ޙިޞާރުކުރުމުން ތެލުގެ ބާޒާރަށް ކުރާނެ އަސަރުތައް ކުޑަކުރުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތެޔޮ ކުންފުނިތަކުގެ އިސްވެރިންނާ މަޝްވަރާ ކުރައްވާފަ އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ ދުނިޔޭގެ އިގްތިސާދަށް މި ކަމުގެ އަސަރު ކޮށްފައި މިވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުންނެވެ.
މެދުއިރުމަތީގެ ހަނގުރާމަ މިވަގުތު ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެމެރިކާ އާއި އީރާނުން އެއްބަސްވެފައިވީ ނަމަވެސް މުޅިން ހަނގުރާމަ ނިމުމަކަށް އައުމުގެ އެއްވެސް އިޝާރާތެއް އީރާނަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.
އީރާނުން ވަނީ ހަނގުރާމަ އާއި ގުޅިގެން އެމެރިކާ އަށާއި، އެމެރިކާ އަށް ބައިއަތުހިފާ ގައުމުތަކަށް ވެސް އަދި ޔަހޫދީ އިސްރާއީލަށް ވެސް އެގައުމުގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒް ކަނޑުއޮޅިން ނުވަދެވޭނެހެން ނުވަތަ ހުރަސް ނުކުރެވޭނެހެން ބަންދުކޮށްފަ އެވެ.
އީރާނާ ދެކޮޅަށް މެދުއިރުމަތީގައި ހަނގުރާމަ ފަށާފައިވަނީ އެމެރިކާ އިސްވެ އޮވެ ޔަހޫދީ އިސްރާޢީލާއި ގުޅިގެންނެވެ.
ބައިނަލް އަގުވާމީ މީޑިޔާ ރިޕޯރޓްތަކުން ދައްކާ ގޮތުގައި އެމެރިކާގެ ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް 77 އިންސައްތައް މީހުން ވަނީ އެގައުމުގެ ރައީސް ޑޮނަލް ޓްރަމްޕް ދެކެ ނުރުހުން ފާޅުކޮށްފަ އެވެ.
އަންނަ ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ ކޮންގްރެސްގެ މިޑް-ޓަރމް އިންތިޚާބާ ދިމާކޮށް ރޮއިޓަރސް ނޫހުން ކުރިއަށް ގެންދިޔަ ޕޯލަކުން ދައްކާ ގޮތުގައި، ތެލުގެ އަގު ބޮޑުވުމުގެ ޒިންމާ ސީދާ ޓްރަމްޕް ނަންގަވަންޖެހޭ އެ ޕޯލްގައި ބައިވެރިވި މީހުންގެ 77 އިންސައްތަ މީހުން ޤަބޫލުކުރެއެވެ. މި ޕޯލްގައި ޖުމްލަ 4،557 މީހުން ބައިވެރިވިކަމަށް ރޮއިޓަރސް ނޫހުން ބުނެ އެވެ.
ވޯޓުލީ މީހުން ބެހިފައިވާ ގޮތަށް ބަލާއިރު، ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ސަޕޯޓަރުންގެ 55 އިންސައްތަ، އެއްވެސް ޕާޓީއަކަށް ތާއީދުނުކުރާ މީހުންގެ 82 އިންސައްތަ އަދި އިދިކޮޅު ޑިމޮކްރެޓްސްއަށް ތާއީދުކުރާ މީހުންގެ 92 އިންސައްތަ މީހުން ޤަބޫލުކުރާ ގޮތުގައި، ތެލުގެ އަގު ބޮޑުވުމުގެ ޒިންމާ ސީދާ ޓްރަމްޕް ނަންގަވަންޖެހެއެވެ.
މިގޮތުން، އީރާނުގެ ހަނގުރާމަ އާ ގުޅޭގޮތުން ޓްރަމްޕްގެ ވިސްނުންފުޅަށް ތާއީދުކުރާ ކެންޑިޑޭޓުންނަށް ނޮވެމްބަރު މަހުގެ އިންތިޚާބުގައި ވޯޓު ނުދޭނެކަމަށް ވެސް ޕޯލްގެ 58 އިންސައްތަ ބައިވެރިން ބުނެފައިވެއެވެ.
އީރާނުގެ ދާޚިލީ ޙާލަތަށް ބަލައިލާއިރު، އެޕްރީލު މަހުގެ ނިޔަލަށް އެ ޤައުމުގައި މުދަލާއި ޚިދުމަތުގެ އަގުތައް ވަނީ %65.8 އަށް އުފުލިފައެވެ. އެމެރިކާގެ ފިޔަވަޅުތަކަކީ އީރާނު ބައިބައިކޮށްލުމަށް ރާވާފައިވާ ޖަރީމާއެއްގެ ގޮތުގައި ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ސިފަކުރެއްވިއިރު، ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމުގެ ތުހުމަތުގައި ތެހްރާންގެ ސަރުކާރުން ވަނީ 4،000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ.
އީރާނުން މިހާރުވެސް %60 އަށް މުއްސަނދިކޮށްފައިވާ 440 ކިލޯގެ ޔުރޭނިއަމް ރައްކާކޮށްފައި ހުރުމަކީ މި ވަގުތު ދެ ޤައުމުގެ ދެމެދުގައި އޮތް އެންމެ ބޮޑު އެއް ޚިޔާލުތަފާތުވުމެވެ. ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ފުރުޞަތު އީރާނަށް ނުދެއްވާނެ ކަމުގައި ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އިންޑިއާގެ އެއާލައިންތަކުގެ އުދުހުންތައް ހުއްޓާލަން ޖެހިދާނެކަމުގެ ބިރު
ގަޑިއިރެއް ކުރިން

ޗައިނާ އިން ރާއްޖެއަށް ތެޔޮ ގެންނަނީ
ގަޑިއިރެއް ކުރިން

ބީއެމްއެލްގެ މުއައްޒަފުންނަށް ލީޑާޝިޕް ޕްރޮގްރާމެއް!
2 ގަޑިއިރު ކުރިން

ނޫސްވެރިއަކު ސުވާލުކޮށްފިނަމަ ވީ އެންމެ އަވަހަކަށް ޖަވާބު ދެއްވާނަން: މުންދު
2 ގަޑިއިރު ކުރިން


.gif&w=3840&q=75)