logo

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތް ނޮވެމްބަރު މަހަށް ނިންމާލެވޭނެ: ރައީސް

profile

އާމިނަތު ޝަޒްލާ - 25 ޖުލައި 2026 - 13:27

މާލޭގެ ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އެ މަގު އާންމުންނަށް ހުޅުވާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުން މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ، މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން ދެން އެންމެ އަވަހަށް މަސައްކަތް ފެށޭނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮންނަ ސަރަޙައްދުގައި ކަމަށެވެ.

އިމާރާތްކުރުމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، އެ ސަރަޙައްދުގެ މަގު ހެދުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ މުޅި މަޝްރޫޢު އެއްކޮށް ނިންމައި، ނޮވެމްބަރު މަހުގެ ތެރޭގައި ދަތުރުފަތުރަށް މަގު ހުޅުވާލުމެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ތެރެއިން މިހާތަނަށް ވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް އޮތް ސަރަޙައްދުގެ މަސައްކަތް ނިންމާފައެވެ. މި ސަރަޙައްދު ތަރައްޤީކޮށްފައިވަނީ ފަޅުތެރެއިން ބައެއް ހިއްކައިގެން، ކުރިން އޮތް ވަރަށްވުރެ ބޮޑަށް މަގު ފުޅާކުރުމަށްފަހުގައެވެ.

އެގޮތުން 1.145 ކިލޯމީޓަރުގެ މި ސަރަޙައްދުގައި 4 ލޭނަށް ދަތުރުކުރެވޭ ގޮތަށް ތާރުއަޅައި، ޒަމާނީ ދުވާރާއި ފެންހިންދާ ނިޒާމު ވަނީ ޤާއިމުކޮށްފައެވެ. މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން އެ ސަރަޙައްދުގައި 500 ސައިކަލުގެ ޖާގައިގެ ޕާކިންގ ޒޯނެއްވެސް ވަނީ ތަރައްޤީކޮށްފައެވެ.

މި މަޝްރޫޢަކީ މާލޭގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk