
އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާދެއްވައިފި

އާމިނަތު ޝަޒްލާ - 25 ޖުލައި 2026 - 12:47
އިންޑިއާގެ ގައުމީ އިމްތިހާނުތަކުގެ ސިއްރު ކަރުދާސްތައް ލީކުވުމާއި ތައުލީމީ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅިގެން ޒުވާނުން ކުރަމުންދިޔަ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދްރަ ޕްރަދާން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މި މުޒާހަރާތަކަކީ 'ކޮކްރޯޗް ޖަނަތާ ޕާޓީ' (ސީޖޭޕީ) ގެ ނަމުގައި އަލަށް އުފެދުނު ޒުވާނުންގެ ސިޔާސީ ހަރަކާތަކުން އިސްނަގައިގެން އިންތިޒާމުކުރި ހަރަކާތްތަކެކެވެ. މި ހަފުތާގެ ތެރޭގައި މި އިހުތިޖާޖުތައް މުޅި އިންޑިއާއަށް ފެތުރިގެން ގޮސްފައިވާއިރު، ޕްރަދާން އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވީ ވެރިރަށް ދިއްލީގައި އިހުތިޖާޖުކުރާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، ގައުމުގެ މަޝްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައެވެ.
ޕްރަދާން ވަނީ އޭނާގެ އިސްތިއުފާގެ ސިޓީ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަރުވާފައިވާކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ކަށަވަރުކޮށް ދެއްވާފައެވެ. އިސްތިއުފާގެ ސިޓީގައި އޭނާ ވިދާޅުވީ، މިއީ ގައުމީ އެއްބައިވަންތަކަން ދެމެހެއްޓުމަށާއި، މި ހާލަތުގެ ނާޖާއިޒު ފައިދާ ގައުމާ ދެކޮޅު ފަރާތްތަކުން ނެގިޔަ ނުދިނުމަށްޓަކައި ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި އިންޑިއާގެ ދަރިވަރުންގެ މުސްތަގުބަލާއި ތައުލީމަށް އިސްކަންދީ، ގާނޫނީ މައްސަލަތަކުގެ ތެރެއަށް ދަރިވަރުން ނުވަނުން ކަށަވަރުކުރުމަކީ އޭނާގެ މައިގަނޑު މަގުސަދު ކަމަށްވެސް ޕްރަދާން ވިދާޅުވިއެވެ.
މުޒާހަރާކުރާ ޒުވާނުން ވަނީ ސަރުކާރަށް މުހިންމު ޑިމާންޑްތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި:
- ގައުމީ އިމްތިހާނުތައް ބާއްވާ އެޖެންސީ އުވާލައި، އިތުބާރު ހުރި އާ މިނިވަން މުއައްސަސާއެއް އުފެއްދުން.
- ޕޭޕަރު ލީކުވުން ހުއްޓުވުމަށްޓަކައި، އޮންލައިން އިމްތިހާނު ނިޒާމަކަށް (ކޮމްޕިއުޓާ ބޭސްޑް ޓެސްޓިން - ސީބީޓީ) ބަދަލުކުރުން.
- ޕްރައިވެޓް ކޯޗިން ސެންޓަރުތައް ރެގިއުލޭޓްކޮށް، ޕޭޕަރު ލީކުކުރުމުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ ސެންޓަރުތަކަށް ހަރުކަށި ފިޔަވަޅު އެޅުން.
- އެންޓި-ޕޭޕާ ލީކް ގާނޫނެއް ތަންފީޒުކޮށް، އިމްތިހާނުތަކުގައި މަކަރުހަދާ މީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ފަދަ ހަރުކަށި އަދަބުތައް ކަނޑައެޅުން.
މި އިސްތިއުފާއާ ގުޅިގެން އިންޑިއާގެ ސިޔާސީ މަޝްރަހަށް އިތުރު ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭއިރު، ޒުވާނުންގެ މި ހަރަކާތަކީ ފަހަކަށް އައިސް އިންޑިއާގެ ތައުލީމީ ދާއިރާގައި ފެނިގެންދިޔަ އެންމެ ވަރުގަދަ އެއް އިހުތިޖާޖެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
އިންޑިއާގެ އާ އެޑިއުކޭޝަން މިނިސްޓަރަކަށް ޕްރަލްހާދު ޖޯޝީ ހަމަޖައްސައިފި
38 މިނިޓު ކުރިން

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތް ނޮވެމްބަރު މަހަށް ނިންމާލެވޭނެ: ރައީސް
7 ގަޑިއިރު ކުރިން

ރައީސް، ސައުދީގެ އަމީރުގެ ޝަރަފުގައި މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި
8 ގަޑިއިރު ކުރިން

އީރާނާއެކު އަނެއްކާވެސް މަޝްވަރާ ކުރަމުންދާކަން ޓްރަމްޕް ހާމަކުރައްވައިފި
11 ގަޑިއިރު ކުރިން


.gif&w=3840&q=75)