logo

ރައީސް، ސައުދީގެ އަމީރުގެ ޝަރަފުގައި މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި

profile

އާމިނަތު ޝަޒްލާ - 25 ޖުލައި 2026 - 12:31

ދިވެހިރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުމުގެ ބަރަކާތްތެރި މުނާސަބަތުގެ އުފަލުގައި، އެ މުނާސަބަތުގެ ޝަރަފުވެރި މެހެމާނު، ސައުދީ އަރަބިއްޔާގެ އަމީރު ޑރ. މަންޞޫރު ބިން މުތައިބް ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފިއެވެ.

https://wamco.com.mv/

މިއަދު މެންދުރު ބޭއްވެވި މި ފަރިއްކޮޅަކީ، ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމީ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވި ސައުދީ އަރަބިއްޔާގެ ދެ ހަރަމްފުޅުގެ ޚާދިމްގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރު، ހިޒް ރޯޔަލް ހައިނަސް އަމީރު ޑރ. މަންޞޫރުގެ ޝަރަފުގައި ބޭއްވެވި ހަރަކާތެކެވެ.

undefined

އަމީރު ޑރ. މަންޞޫރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް އަމީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދުގެ ފަރާތްޕުޅުން ކުރައްވާ ދަތުރުފުޅެކެވެ.

މި ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދައުލަތުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގާތް އަޚުވަންތަ ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk