logo

އިންޑިއާގެ އާ އެޑިއުކޭޝަން މިނިސްޓަރަކަށް ޕްރަލްހާދު ޖޯޝީ ހަމަޖައްސައިފި

profile

ރިޟްވާން މޫސާ - 25 ޖުލައި 2026 - 19:36

އިންޑިއާގެ ކެބިނެޓް މިނިސްޓަރު ޕްރަލްހާދް ޖޯޝީ އަކީ އިންޑިއާގެ އާ އެޑިއުކޭޝަން މިނިސްޓަރު ކަމަށް ހަމަޖައްސައިފިއެވެ.

https://wamco.com.mv/

އިންޑިޔާގެ އެޑިއުކޭޝަން މިނިސްޓަރު ކަމުގެ މަގާމުގައި މީގެ ކުރިން ހުންނެވި ހުންނެވި ދަރްމެންދްރަ ޕްރަދާން ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ވެސް ނީޓް ޔޫޖީ އިމްތިހާނުގެ ކަރުދާސްތައް ލީކުވި މައްސަލައާ ގުޅިގެން، އޭގެ އިޚްލާޞްތެރި ޒިންމާ ނަންގަވައި އިސްތިއުފާ ދެއްވާފައި ކަމަށް ބައިނަލް އަގުވާމީ މީޑިޔާ ރިޕޯރޓްތައް ބުނެ އެވެ.

ޕްރަލްހާދު ޖޯޝީއަކީ ކަރްނާޓަކާގެ ދަރްވާޑް ދާއިރާގެ 5 ފަހަރު އިންތިޚާބުވެވަޑައިގެންފައިވާ ގާނޫނުހަދާ މަޖިލީހުގެ މެންބަރެކެވެ. އޭނާ މިހާރުވެސް ގެންދަވަނީ ކޮންސިއުމާ އެފެއާޒް، ފުޑް އެންޑް ޕަބްލިކް ޑިސްޓްރިބިއުޝަން އަދި ނިއު އެންޑް ރިނިއުއަބަލް އެނާޖީ މިނިސްޓަރުކަން ކުރައްވަމުންނެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ލަފާފުޅުގެ މަތިން ރައީސާ ދުރޫޕަދީ މުރުމޫ ވަނީ ދަރްމެންދުރަ ޕްރަދާންގެ އިސްތިއުފާ ގަބޫލުކުރައްވައި، ތައުލީމީ ވުޒާރާގެ އިތުރު ޒިންމާ ޕްރަލްހާދު ޖޯޝީއާ ހަވާލުކުރައްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk