
އީރާނާއެކު އަނެއްކާވެސް މަޝްވަރާ ކުރަމުންދާކަން ޓްރަމްޕް ހާމަކުރައްވައިފި

ރިޟްވާން މޫސާ - 25 ޖުލައި 2026 - 09:05
އީރާނާއެކު މިހާރު ވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށާއި ނަމަވެސް އެ ޤައުމަށް ނިއުކްލިޔަރ ހަތިޔާރު ހޯދުމުގެ ފުރުޞަތު ނުދެއްވާނެ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ވޮޝިންގޓަނުގައި ބޭއްވި ވައިޓް ހައުސްގެ ނޫސްވެރިންގެ ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އީރާނުން އެމެރިކާއާ ވާހަކަދައްކަން ބޭނުންވާ ކަމަށާއި، ނަމަވެސް ތެހްރާނުން އެ ކަމަށް ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމުގައެވެ.
އަދި، އެމެރިކާގެ ހަމަލާތަކުގައި އީރާންގެ އަސްކަރިއްޔާ ބަލިކަށިކޮށްލާފައިވާނެ ކަމަށާއި، 250 އަސްކަރީ މަތިންދާބޯޓާއި، 159 މަނަވަރު ނައްތައިލާފައިވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހަނގުރާމައިގައި އެންމެ ފަހުން ހަމަލާބަދަލުކުރަން ފަށާފައި ވަނީ، ހުރްމުޒް ކަނޑުއޮޅީގެ ކޮންޓުރޯލު ނެގުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. އެ ކަނޑުއޮޅީގެ ދަތުރުފަތުރަށް ހުރަސްއެޅިފައިވާއިރު، މި ކަމުގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދަށް ވަނީ ނުރައްކާވެފައެވެ.
ޓްރަމްޕް ވަނީ ރައްދުގައި ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދެމުންދާ އީރާންގެ އަސްކަރިއްޔާއަށް އަދަބު ދެއްވާނެ ކަމުގައި ވިދާޅުވެ، އިންޒާރު ދެއްވާފައެވެ.
ދެ ފަރާތުން އަމަލުކުރަމުންދިޔަ ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުން އުވުނު ފަހުން ދެ ހަފުތާ ފާއިތުވެފައިވާއިރު، އެމެރިކާގެ ޢުދުވާނީ ހަމަލާތަކުގެ ރައްދުގައި އީރާނުުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) އަދިވެސް ދަނީ ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާ ދެމުންނެވެ. އެންމެ ފަހުގެ ހަމަލާތައް އަމާޒު ކޮށްފައި ވަނީ ކުވައިތާއި ބަޙްރައިނަށެވެ.
ގުޅުން ހުރި ޙަބަރުތައް
ޗާގޯސް އަކީ ދިވެހިންނާއި ގުޅުން ހުރި ތަނެއް ނޫން ކަމަށް އިނގިރޭސި ވިލާތުން ބުނެފި
11 ގަޑިއިރު ކުރިން

ރާއްޖެއަށް ވޭޕް އެތެރެކުރުމުން ޖޫރިމަނާ އަށް 723 މިލިއަން ރުފިޔާ ލިބިއްޖެ: ކަސްޓަމްސް
11 ގަޑިއިރު ކުރިން

އިހުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ މަޝްރޫއެއް މުޅި ރާއްޖޭގައި ހިންގަނީ
14 ގަޑިއިރު ކުރިން

މަދަނީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެންނާނަން: ރައީސް
14 ގަޑިއިރު ކުރިން


