logo
 ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާޙިމް

ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާޙިމް

ރާއްޖޭގެ ކަނޑުން ގެއްލުނު ސަރަހައްދު ހޯދޭނެ - މިނިސްޓަރ ތޯރިޤު

profile

އަހުމަދު ޒަލީފު - 20 ޖެނުއަރީ 2024 - 09:40

ގެއްލުވާލާފައިވާ ކަނޑުގެ ސަރަޙައްދު ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާޙިމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މަސްވެރިންނަށް ހިންގާ ރެސްކިއު ޑައިވަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ފެށުމަށް ގދ. މަޑަވެލީގައި ބޭއްވި ރަސްމިއްޔާތުގައި އިއްޔެ ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ ރައީސް ދިވެހި މަސްވެރިންގެ ޙައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެއްޓުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށާއި، އޭގެ ސަބަބުން މަސްވެރިކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

"ރާއްޖޭގެ ކަނޑުގެ ސަރަޙައްދަކީ ބަލަހައްޓަން ޖެހޭ ސަރަހައްދެއް. މިހާތަނަށް އައިރު އެދެވޭ ގޮތެއްގައި ބެލެހެއްޓިފައެއް ނެތް. އެކަމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު މަސްވެރިކަންކުރުމަށް އެހެން ޤައުމުތަކުގެ މީހުން ދަނީ ބޭނުން ކުރަމުން. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުން ހުރީ އެމް.އެން.ޑީއެފް މެދުވެރިކޮށް ކަނޑު ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ފުޅާކުރެއްވުން. އަދި ގެއްލުވާލާފައިވާ ކަނޑުގެ ސަރަޙައްދުވެސް މަސްވެރިންނަށް ހޯދައިދޭނެކަމުގެ ޔަޤީންކަން އެބައޮތް،". ތޯރިގު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ކަނޑުގެ ދިރާސާއެއް ހެދުމަށް ރާއްޖެއިން ބޭރުގެ ބަޔަކާއެކު މަސައްކަތްތަކެއް ކުރެއްވުމަކީ އެހާ ރަގަޅު ކަމެއްނޫންކަން ފާހަގަކުރައްވާ ތޯރިގު ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ވިސްނުންހުރީ މިފަދަ ސާރވޭތައް ހައްދަވާއިރު، އެމްއެންޑީއެފް މެދުވެރިކޮށް މިކަންކަން ކުރުން ކަމަށެވެ.

ރާއްޖޭގެ ކަނޑު ފަޅުތަކަށް ކުނީގެ ސަބަބުން ލިބެމުންދާ ގެއްލުމުން އަރައިގަތުމަށް މަސްވެރިންގެ ދައުރު މުހިންމު ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ގެއްލުވާލާފައިވާ ކަނޑުގެ ސަރަޙައްދު ހޯދައިދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ތޯރިގު ވިދާޅުވެފައިވާއިރު ޗާގޯސް ކަނޑު ރާއްޖެއާ މޮރިޝަސްއާ ދެމެދު ބެހުމުން ގެއްލުނު ބައިގެ މައްސަލަ އިޓްލޮސްގައި އިސްތިއުނާފު ކުރަން ނިންމާ، އެ މައްސަލަގައި ރާއްޖެއިން ބޭރުގެ ކަމާއި ގުޅޭ މާހިރުން ހަރަކާތްތެރިވަމުންދާއިރު މޯލްޓާގެ ލޯ އޮފް ދަ ސީ ޕްރޮފެސަރު ހުށަހެޅި ކަރުދާހުގެ ފުރަތަމަ ކޮޕީ އެޓާނީ ޖެނެރަލްގެ އޮފީހަށް މިހާރު ވަނީ ލިބިފައިވާ ކަމަށް ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay