.jpg&w=3840&q=75)
އެމެރިކާއިން ފޮނުވި ބަރުބޮންތަކުގެ ޝިޕްމަންޓް، އިސްރާއީލަށް ގެންގޮސްފި

ސައިފް އަޒުހަރު - 16 ފެބްރުއަރީ 2025 - 08:56
އެމެރިކާއިން ފޮނުވި ބަރުބޮންތަކުގެ ޝިޕްމަންޓް، އިސްރާއީލަށް ގެންގޮސްފިއެވެ.
މި ބޮންތަކުގެ ޝިޕްމަންޓް އިސްރާއީލަށް މި ގެންދިޔައީ، މި ޝިޕްމަންޓް އިސްރާއީލަށް ފޮނުވުން އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެން ހުއްޓުވާފައި ވަނިކޮށް، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެން ބޮމުގެ ޝިޕްމަންޓް ދޫކޮށްލަން އަމުރު ކުރެއްވުމުންނެވެ.
ބޮމުގެ ޝިޕްމަންޓް ދޫކޮށްލަން ޓްރަމްޕް އަމުރު ކުރެއްވީ ޖެނުއަރީ 25 ގައެވެ.
އެމްކޭ-84 ގެ ބަރުބޮމުގެ މި ޝިޕްމަންޓް އިސްރާއީލަށް ނުފޮނުވައި މަޑުޖައްސާލަން ބައިޑެން އެންގެވީ، ޣައްޒާގެ އާންމުންގެ ބޮލަށް އެ ބޮންތައް އަޅާނެކަމުގެ ބިރު ހީވެގެން ކަމަށް ވެއެވެ.
އެމެރިކާއިން އިސްރާއީލަށް ފޮނުވި ބަރުބޮމުގެ ޝިޕަމަންޓްގައި ހިމެނޭ ކޮންމެ ބޮމެއްގެ ބަރުދަނަކީ 900 ކިލޯގްރާމެވެ. ޝިޕްމަންޓްގައި ހިމެނެނީ ކިހާ ބޮމެއް ކަމެއް ސާފެއް ނުވެއެވެ.
މިއީ ބޮން ވައްޓާލާ މުޅި ސަރަހައްދު އެކަށް ގޮވައިގެންދާ ބާރުގަދަ ބޮންތަކެވެ.
ބޮމުގެ ޝިޕްމަންޓް ހިފައިގެން އައި އާގުބޯޓު، އިސްރާއީލުގެ އެޝްދޮދް ބަނދަރަށް ކައިރިކޮށްފިކަން އިސްރާއީލުގެ ޑިފެންސް މިނިސްޓްރީންވަނީ ހާމަކޮށްފައެވެ.
ޣައްޒާގެ ނަސްލުނައްތާލަން އިސްތިއުމާރީ އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި ގިނައިން ބޭނުންކޮށްފައިވަނީ އެމެރިކާއިން ފޯރުކޮށްދީފައިވާ ބޮމާއި، މިސައިލެވެ. އަދި ބޭނުންކުރަނީ އެމެރިކާއިން ދީފައިވާ ބުލްޑޯޒަރާއި، އަސްކަރީ ވެހިކަލްތަކާއި ބަރުވެހިކަލްތަކެވެ.
ޣައްޒާ ހަނގުރާމަ ފެށިފަހުން އެމެރިކާއިން މިހާތަނަށް 76،000 ޓަނުގެ ގޮވާތަކެތި އިސްރާއީލަށް ފޮނުވާފައި ވެއެވެ.
ގުޅުން ހުރި ޙަބަރުތައް

އެމެރިކާއަށް ފިނީގެ ތޫފާނެއް، 16 މީހުން މަރުވެއްޖެ
2 އަހަރު ކުރިން

އެމެރިކާ އާއި ޗައިނާގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ދެ ޤައުމު ދެމެދުގައި މަޝްވަރާކޮށްފި
2 އަހަރު ކުރިން

އެމެރިކާ އާއެކު ނިއުކްލިޔާ މަސައްކަތްތައް ކުރުމަށް މަޝްވަރާ ކުރެވިއްޖެ- ދެކުނު ކޮރެއާ
2 އަހަރު ކުރިން

އެމެރިކާގެ ވައިގެ ސަރަހައްދުން ދަތުރުކުރި "ގޮތް ނޭނގޭ އެއްޗެއް" ވައްޓާލައިފި
2 އަހަރު ކުރިން