.webp&w=3840&q=75)
އިސްރާއީލުން ވަގުތީ ހިޔާތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކަށް ހުއްޓުމެއް ނެތް!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 01 ފެބްރުއަރީ 2025 - 12:23
ޣައްޒާގެ އާންމު ރައްޔިތުން ވަގުތީގޮތުން ބޯހިޔާވަހިކަން ހޯދުމަށް ގާއިމުކޮށްފައިވާ ޓެންޓުތަކަށް ދެމުންދާ ހަމަލާތައް އިސްރާއީލުން ހުއްޓުމެއްނެތި ކުރިއަށް އެބަ ގެންދެެއެވެ.
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އުދުވާންތަކާ ގުޅިގެން އެތައް ބަޔަކު ގެދޮރުގެއްލި މަގުމަތިވެފައިވާއިރު އެތައް ހާސް ޢާއިލާއެއް މިވަގުތު ތިބީ ވަގުތީ ހިޔާތަކުގައެވެ. އަމާންކަން ހޯދުމަށް އެއްބަޔަކު ސްކޫލްތަކާއި ހޮސްޕިޓަލްތަކުގައި ތިބިއިރު އަނެއްބަޔަކު ތިބީ ގިނަ އަދަދެއްގެ ޓެންޓުތަކުގައެވެ.
އިސްރާއީލުން ވަގުތީ ހިޔާތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގައި ފާއިތުވީ ހަތް ދުވަހުގެ ތެރޭގައި އެކަނިވެސް 12 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ.
މިހަމަލާތައް ދެމުން މިދަނީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ދޫކޮށްލި ފަލަސްތީނުގެ ގައިދީން ގޮވައިގެން ދަތުރުކުރާ ބަސްތައް ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަاللهއަށް ވަނުމުން އުފާފާލުކުރަމުން ދަނިކޮށެވެ.
މިއަދު އިސްރާއީލުން ހައްޔަރުކޮށްފައިވާ 183 ފަލަސްތީނުގެ ރަހީނުން މިނިވަން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޣައްޒާގެ ދެކުނު އަދި އުތުރުގެ ދެ ތަނަކުން ބަންދުކޮށްފައި ތިބި ތިން މީހުން ކަމަށްވާ ކީތު ސީގަލް، އޮފަރ ކަލްޑެރޮން އަދި ޔާޑަން ބިބާސް މިއަދު ވަނީ ދޫކޮށްލާފައެވެ.
ގައުމުން ބޭރުން ބޭސްފަރުވާ އަށް ބޭނުންވާ ފަލަސްތީނުގެ އެތައް ބަޔަކަށް އަލުން ހުޅުވި ރަފާ ކްރޮސިން މެދުވެރިކޮށް ޣައްޒާއިން ފޭބުމުގެ ހުއްދަ ދޭން ވަނީ ނިންމައިފައެވެ.
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން ހިންގަމުން އަންނަ ޓެރަރިސްޓް ބޮޑު އޮޕަރޭޝަނެއްގައި ޖެނިން އާއި ތުލްކަރެމް ރެފިއުޖީ ކޭމްޕްތަކުގެ އިތުރުން ފަލަސްތީނުގެ އެހެނިހެން މުޖުތަމައުތަކަށް އަމާޒުކޮށް މިދިޔަ ހަފުތާއިން ފެށިގެން 12 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެއެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މިހާތަނަށް ފަލަސްތީނުގެ 47،460 މީހުން ޝަހީދުވެ، 111،580 މީހުން ޒަޚަމްވެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން