
މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

މުޙައްމަދު ފަޟްލޫން - 21 ސެޕްޓެމްބަރު 2026 - 04:16
ރޭ މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މާލޭ ސޯސަންމަަގުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއްގެ މައުލޫމާތު 21 ސެޕްޓެމްބަރު ވީ ހޯމަ ދުވަހުގެ ރޭ 01:12 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާގައި 3 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަނިޔާވެފައިވަނީ 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނަކަށެވެ.
އެކްސިޑެންޓްގައި އަނިޔާވި އަންހެންމީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު އަނިޔާވި ދެ ފިރިހެނުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވި 21 އަހަރުގެ މީހަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފި
ގަޑިއިރެއް ކުރިން

ރާއްޖޭގެ ރަސްމީ ރިޒާވުގައި ބޭރު ފައިސާ ނެތް: ރައީސް ނަޝީދު
ގަޑިއިރެއް ކުރިން

ޑރ މުހައްމަދު އަލީ ނިޔާވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
12 ގަޑިއިރު ކުރިން

ނޭޕާލްގެ ގާނޫނުއަސާސީ ދުވަހުގެ ތަހުނިޔާ ރައީސް މުއިއްޒު ފޮނުއްވައިފި
18 ގަޑިއިރު ކުރިން


