
މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފި

މުޙައްމަދު ފަޟްލޫން - 21 ސެޕްޓެމްބަރު 2026 - 05:56
މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާއްމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި ހިނގާ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 1,112,766 (އެއް މިލިއަން އެއްލައްކަ ބާރާ ހާސް ހަތްސަތޭކަ ފަސްދޮޅަސް ހައެއް) މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރާއްޖޭގެ ރިސޯޓްތަކުގައެވެ.
ރިސޯޓްތަކަށް ފަހު ދެން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓް ހައުސްތަކުގައެވެ.
ރާއްޖޭގެ ގެސްޓްހައުސްތަކުގައި މިހާތަނަށް 334,016 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު ހޮޓެލް ތަކުގައި 34,845 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.
ސަފާރީ އުޅަނދުތަކުުގައި 28,596 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ އިރު އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް 2,459 ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ޗައިނާ އާއި ރަޝިޔާ އާއި އިނގިރޭސިވިލާތާއި އިޓަލީ އާއި ޖަރުމަނުވިލާތް އަދި އިންޑިއާ ހިމެނެއެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޗައިނާ އިން ޒިޔާރަތްކޮށްފައިވާއިރު، އެގައުމުން މިހާތަނަށް 284,555 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
މި ހިނގާ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1,541,762 (އެއް މިލިއަން ފަސްލައްކަ ސާޅީސް އެއް ހާސް ހަތްސަތޭކަ ފަސްދޮޅަސް ދޭއް) ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖޭގެ ރަސްމީ ރިޒާވުގައި ބޭރު ފައިސާ ނެތް: ރައީސް ނަޝީދު
2 ގަޑިއިރު ކުރިން

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
3 ގަޑިއިރު ކުރިން

ޑރ މުހައްމަދު އަލީ ނިޔާވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
13 ގަޑިއިރު ކުރިން

ނޭޕާލްގެ ގާނޫނުއަސާސީ ދުވަހުގެ ތަހުނިޔާ ރައީސް މުއިއްޒު ފޮނުއްވައިފި
18 ގަޑިއިރު ކުރިން


