logo

ޑރ މުހައްމަދު އަލީ ނިޔާވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 20 ސެޕްޓެމްބަރު 2026 - 18:25

ދައުލަތަށް 25 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައިވާ ޑރ މުހައްމަދު އަލީ ނިޔާވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޑރ އަލީ މުހައްމަދު އަލީ ނިޔާވުމާއި ގުޅިގެން ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެހަބަރު އަޑުއެއްސެވީ ފުން ހިތާއާއި އެކުގައި ކަމަށެވެ.

މަރުހޫމް ޑރ މުހައްމަދު އަލީ އަކީ އިޖްތިމާއީ އެކި ކަންކަމުގައި ވަކިން ހާއްސަކޮށް އިސްލާމީ ހޭލުންތެރިކަމާއި ތިމާވެށީގެ އެކި ދާއިރާތަކުން މުޖުތަމައުއަށް ގިނަގުނަ މައުލޫމާތުތަކެއް ފޯރުކޮށްދެއްވައި، އިލްމީ ދިރާސާތައް ކުރެއްވި ހުލްގު ހެޔޮ ދީންވެރި ނަމޫނާ ޝަހްސިއްޔަތެއް ކަމަށް ވިދާޅުވިއެވެ. އަދި ޑރ މުހައްމަދު އަލީ އަކީ އެންމެންގެ ލޯތްބާއި އިހްތިރާމް ހޯއްދެވި ގަދަރުވެރި ބޭފުޅެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވަނީ މަރްހޫމްގެ އާއިލާ އާއި އެކުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ނުހަނު އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވައި މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުމުގައި ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްހޫމް ޑރ މުހައްމަދު އަލީ ލެހެއްޓެވުން އެދި ރައީސްގެ ޕޯސްޓްގައި ދުއާ ދަންނަވާފައިވެއެވެ.

މަރްހޫމް ޑރ މުހައްމަދު އަލީ ވަނީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ. އަދި ދައުލަތުގެ އެކި މަގާމްތަކުގައި މަރްހޫމް ޑރ މުހައްމަދު އަލީ ވަނީ 25 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ.

https://wamco.com.mv/
tel:+9607331319