logo

ހޫތީންގެ ހަމަލާތަކާއެކު އެމެރިކާގެ ސިޔާސަތަށް ފާޑުކިޔުން އަމާޒުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 20 ސެޕްޓެމްބަރު 2026 - 12:01

ޔަމަނުގެ ހޫތީން ރަތްކަނޑުގައި ދޭ ޙަމަލާތަކާ ދެކޮޅަށް އެމެރިކާއިން ސީދާ ޢަސްކަރީ ގޮތުން ނުނިކުތުމަށް ނިންމުމުން، ސަރަޙައްދީ ބާރުތަކާއި ގަލްފުގެ ގައުމުތަކުގެ ކަންބޮޑުވުން އިންތިހާއަށް އިތުރުވެއްޖެއެވެ.

https://wamco.com.mv/

އެމެރިކާގެ ކަމާބެހޭ އޮފިޝަލުން ހާމަކުރާ ގޮތުގައި، ހޫތީން މިހާރު މަސައްކަތް ކުރަމުން ދަނީ ބާބުލްމަންދަބް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އެމީހުންގެ ދަށަށް ގެންދިއުމަށެވެ.

އެ ޖަމާޢަތުގެ ކުރިއެރުންތައް ހުއްޓުވުމަށްޓަކައި އެމެރިކާއިން ސަޢޫދީ ޢަރަބިއްޔާއަށް ޖާސޫސީ މަޢުލޫމާތާއި ޢަމާޒުފަތްތައް ދެނެގަތުމަށް ބޭނުންވާ ޑޭޓާ ފޯރުކޮށްދެމުން ދިޔަ ނަމަވެސް، ޔަމަނުގެ އައްސޭރިފަށުގެ މުހިންމު ސަރަޙައްދުތައް ހޫތީންގެ ބާރުގެ ދަށަށް ދިޔުން ހުއްޓުވުމުގައި ސަޢޫދީ އިސްވެ އޮންނަ އިއްތިހާދަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

މީގެ އިތުރުން، ހޫތީން ވަނީ ސަޢޫދީގެ ވެރިރަށް ރިޔާޒަށާއި، ޔަންބޫގައި ހުންނަ އަރާމްކޯގެ ތެޔޮ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ.

ނަމަވެސް، ސަޢޫދީ ސަރުކާރުން ބުނެފައިވަނީ ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލް، އެ ގައުމުގެ ވައިގެ ދިފާޢީ ނިޒާމުން ކާމިޔާބުކަމާއެކު ވައްޓާލާފައިވާ ކަމަށެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވާފައިވާ ގޮތުގައި، އެމެރިކާގެ ސިފައިން ސީދާ ގޮތެއްގައި ޙޫޘީންނާ ދެކޮޅަށް ޢަސްކަރީ ފިޔަވަޅު އެޅުމަކީ އެމަނިކުފާނު ތާއީދުކުރައްވާ ކަމެއް ނޫނެވެ. ޓްރަމްޕް ވިދާޅުވީ، ޙޫޘީން އެމެރިކާއަށް އަންގާފައިވާ ގޮތުގައި އެމެރިކާއާ ދެކޮޅަށް ހަނގުރާމަކުރުމުގެ އެއްވެސް ޝައުޤުވެރިކަމެއް އެމީހުންގެ ނެތް ކަމަށާއި، އެމީހުންގެ މައްސަލައަކީ ހަމައެކަނި ސަޢޫދީ ކަމަށެވެ.

https://wamco.com.mv/
tel:+9607331319