logo

ސްޓެލްކޯގެ ބޯޑަށް ނިޒާމް އައްޔަނުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 20 ސެޕްޓެމްބަރު 2026 - 11:52

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޑިރެކްޓަރުންގެ ބޯޑަށް އައު މެންބަރަކު އައްޔަނު ކުރައްވައިފިއެވެ.

https://wamco.com.mv/

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވިދާޅުވީ، ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް އައްޔަނުކުރައްވާފައިވަނީ ދ. މީދޫ، އަސަރީގެ، އަޙްމަދު ނިޒާމް ކަމަށެވެ.

ޕީސީބީން ހާމަކުރެއްވި ގޮތުގައި ނިޒާމް އެ މަގާމަށް އައްޔަނުކުރައްވާފައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަނުކުރުމާއި ވަކިކުރުމުގެ ޒިންމާ އަދާކުރަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ. އެގޮތުން ސްޓެލްކޯގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ބޯޑަށް މި ގެނެވުނު ބަދަލާއެކު އެ ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.

https://wamco.com.mv/
tel:+9607331319