logo
ބިގް ކުންފުނީގެ ހިއްސާ ދާރުން--

ބިގް ކުންފުނީގެ ހިއްސާ ދާރުން--

ބިގް ކުންފުނިން ބޭންކުން ނަގައިފައި ވާ ލޯނަށް މަހަކު 384،000ރ. ދައްކަން ހުކުމް ކޮށްފިއެވެ.

profile

އައިޝަތު ޔާނިއާ - 12 މޭ 2023 - 13:29

ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައި ވާ ލޯނެއް ނުދައްކާ އޮތުމުގެ ދައުވާ ބިގް ކުންފުނީގެ މައްޗަށް ކުރުމުން ، ބޭންކަށް ކޮންމެ މަހަކު 384،000ރ. ދެއްކުމަށް އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

https://wamco.com.mv/

މި ލޯނަކީ 2016 ވަނަ އަހަރުގައި ގ.މޫނިމާގެ ރަހުނުކޮށް މި ކުންފުނިން ނަގާފައިވާ 34 މިލިއަން ރުފިޔާގެ ލޯނެކެވެ. އަދި ކުންފުނިން ލޯނު ނަގާފައިވަނީ ހަސަން އިސްމާއިލާއި، މުންޝިދާއި ބިގް ކުންފުނި އަދި މޫނިމާގޭ އަހްމަދު ޒަރީރުގެ ގެރެންޓީ ދީގެންނެވެ. މި ލޯނު ގަވައިދުން ދައްކަމުން ނުދާ މައްސަލަ މިދިޔަ އަހަރު ސެޕްޓެންބަރ މަހު ކޯޓަށް ހުށަހެޅުމުން ކޯޓުން ވަނީ އެ ގެ ވިއްކާލުމުގެ ހުއްދަ ބީއެމްއެލް އަށް ދީފައެވެ.

ހުކުމް ތަންފީޒު ކުރުމުގެ ޝަރީއަތުގައި ސިވިލް ކޯޓުން ބުނި ގޮތުގައި 22،124،106ރ. މި ހިނގާ މެއި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ނުދައްކައި އެބައޮތެވެ. އަދި މި ލޯނުގެ ގެރެންޓާރްސް ކަމުގައި ވާ ހަސަން އިސްމާއިލާއި، މުންޝިދާއި ބިގް ކުންފުނި އަދި މޫނިމާގޭ އަހްމަދު ޒަރީރު ވަނީ އެފައިސާ އާއި އިތުރަށް އަރަމުން ދާ ޖޫރި މަނާ އާއި އިންޓަރެސްޓް ބޭންކަށް ދައްކަން ކޯޓުގައި އެއްބަސް ވެފައެވެ.

އެހެން ކަމުން ސިވިލް ކޯޓުން އިއްޔެ ވަނީ މިއަހަރު ޑިސެންބަރު މަހުން ފެށިގެން ކޮންމެ މަހަކު 384،000ރ އަށް ވުރެ މަދު ނޫން އަދަދެއް ބެންކަށް ދެއްކުމަށް ބިގް ކުންފުޏަށް ހުކުމް ކޮށް، ފައިސާ ދައްކައި ޚަލާސް ކުޮށް އެކައުންޓް ބަންދު ކުރެވެން ދެން ، ކޮންޓްރެކްޓާ އެއްގޮތުގެ މަތިން ބޭންކަށް ލިބިގެން ވާ ހައްގު ތަކާއި ބާރު ތައް ބަތިލް ނުވާނެ ކަމަށް ހުކުމް ކޮށްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay