logo

އިސްރާއީލުން ޖެނިން އަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ 6 މީހަކު ޝަހީދުކޮށްލައިފި

profile

އިސްމާއިލް ފާރިޝް - 07 މާރިޗު 2023 - 20:50

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިން ސިޓީގައި އިސްރާއީލު ސިފައިން ހިންގި އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ހަ މީހަކު ޝަހީދުކޮށްލައި 11 މީހަކު ޒަޚަމްކޮށްލާފައިވާ ކަމަށް ފަލަސްތީނު އޮތޯރިޓީގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

https://wamco.com.mv/

ޒަހަމްވި މީހުންގެ ތެރެއިން ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މަންޒަރު ދުށް މީހުން އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނީ އިޒްރޭލު ސިފައިން ގެއެއް ވަށާލައި ރޮކެޓް ހަމަލާތަކެއް ދީފައިވާ ކަމަށެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފުޓޭޖްތަކުން ފެންނަ ގޮތުގައި ހެލިކޮޕްޓަރުތައް އެ ސިޓީއަށް ވަންނަ އަސްކަރީ ވެހިކަލްތަކުގެ ކޮލަމެއްގެ މަތީގައި ހުއްޓެވެ.

އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ބުނީ މިދިޔަ ހަފުތާގައި ފަލަސްތީނުގެ ހުވާރާ އަވަށުގެ ކައިރީގައި ގަވައިދާ ހިލާފަށް ހަދާފައިވާ އާބާދީއަކުން ދެ ބޭބެއަކު ބަޑިޖަހައި މަރާލުމުގެ ފަހަތުގައި ވަނީ އެ މީހުން ޝަހީދުކުރި ފަލަސްތީނުގެ ފިރިހެނުންގެ ތެރެއިން އެކަކު ކަމަށެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ ހުޅަނގު އައްސޭރީގައި މިދިޔަ މަހު އިސްރާއީލުގެ ދެ ވަޒަންވެރިން ޝަހީދުކޮށްލި ހަތިޔާރު އެޅި މީހާ ސިފައިން "ނައްތާލާފައިވާ" ކަމަށެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay