logo

ސީޒަން ނިމެންދެން ޗެލްސީގެ ކޯޗުކަމާއި ލަމްޕާޑް ހަވާލުވެއްޖެ

profile

އަހުމަދު ލައްމާހު އަޒީޒު - 06 އޭޕްރީލު 2023 - 08:56

ސީޒަން ނިމެންދެން ޗެލްސީގެ ކޯޗުކަން ކުރަން އެ ޓީމުގެ ކުރީގެ ކޯޗު ފްރޭންކް ލަމްޕާޑްއާ ހަވާލުކޮށްފި އެވެ.

https://wamco.com.mv/

ޗެލްސީ އާއި އިންގްލެންޑްގެ ކުރީގެ މިޑްފީލްޑަރު މީގެ ކުރިން ވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ވެސް އެޓީމުގެ ކޯޗުކަން ކޮށްދީފައެވެ.

ޗެލްސީގެ ކުރީގެ ކޯޗް ގްރަހަމް ޕޮޓާ މަގާމުން ވަކިކުރިތާ 48 ގަޑިއިރު ނުވަނީސް ލިވަޕޫލާ ދެކޮޅަށް ޗެލްސީ ކުޅެ ލަނޑެއް ނުޖެހި އެއްވަރުވި މެޗު ބަލަން ލަމްޕާޑް ވަނީ ސްޓެމްފޯޑް ބްރިޖްއަށް އައިސްފައެވެ.

Frank Lampard watching on 📍 pic.twitter.com/xsxtJnZECm

— Sky Sports Premier League (@SkySportsPL) April 4, 2023

ޗެލްސީގެ ކްލަބް ރެކޯޑް އަދަދަކަށް ގޯލު ޖެހި ލަމްޕާޑް ޗެލްސީގެ ކޯޗުކަމުން ވަކިކުރީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އެވަޓަންގެ ކޯޗުކަމާ ހަވާލުވި ނަމަވެސް އެ މަގާމުގައި ނަތީޖާތައް ގޯސްވުމުގެ ސަބަބުން މި އަހަރު ޖެނުއަރީ މަހު އޭނާ ވަނީ އެވަޓަންގެ ކޯޗުކަމުން ވަކިކޮށްފައެވެ.

މި ސީޒަނުގައި އާ ކުޅުންތެރިންނަށް 550 މިލިއަން ޕައުންޑަށް ވުރެ ބޮޑު ހޭދައެއް ކުރި ނަމަވެސް ޗެލްސީ އޮތީ ގަދަ ހަތަރަކުން 14 ޕޮއިންޓް ބޭރުގަ އެވެ.

އޮތުން ޗެލްސީ އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ވުލްވްސް އާ ދެކޮޅަށް ކުޅޭއިރު، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އަންނަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނާނެ އެވެ.

ލަމްޕާޑް ވަނީ ޗެލްސީ ފީފާގެ ޓްރާންސްފާ ބޭން އެއްގައި ޗެލްސީ އޮއްވައި އެކަޑަމީގެ ގިނަ ކުޅުންތެރިންނަށް ސީނިއާ ޓީމުގެ މުހިއްމު ރޯލެއް ދީގެން އެ ސީޒަން ގައި ލީގުގެ ހަތަރު ވަނައިގައި ނިންމާލުމުގެ އިތުރުން އެފްއޭ ކަޕް ފައިނަލަށް ވެސް ދަތުރު ކޮށްފައެ އެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay