logo

ހިތަދޫން 19 ބިމެއް ކުއްޔަށް ދިނުމުގެ މުއްދަތު ފަސްކޮށްފި

profile

އާމިނަތު ޝަޒްލާ - 14 ސެޕްޓެމްބަރު 2026 - 13:10

އައްޑޫ ސިޓީ ހިތަދޫ އަވަށުން ވިޔަފާރީގެ ބޭނުމަށް 19 ބިމެއް ކުއްޔަށް ދޫކުރުމަށް ކޮށްފައިވާ އިޢުލާނުގެ ދަށުން ބީލަން ހުށަހެޅުމުގެ މުއްދަތު ފަސްކޮށްފިއެވެ.

https://wamco.com.mv/

އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ، ހިތަދޫން ބިން ކުއްޔަށް ދޫކުރުމަށް އެ އިދާރާއިން ކޮށްފައިވާ ނަންބަރު (IUL)426-AE/426/2026/275 އިޢުލާނާ ގުޅިގެން ދޫކުރެވިފައިވާ މަޢުލޫމާތު ކަރުދާހަށް މުހިންމު އިސްލާޙެއް ގެނައުމަށް ބޭނުންވާ ކަމަށެވެ. އަދި އެ އިސްލާޙާ އެއްގޮތަށް ބީލަން ތައްޔާރުކުރުމަށް ބީލަމުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އިތުރު ވަގުތު ދިނުމުގެ ގޮތުން، ބީލަން ހުށަހެޅުމުގެ ސުންގަޑި 22 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހަށް ފަސްކޮށްފައިވާ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.

View post on Twitter

މީގެއިތުރުން، މަޢުލޫމާތު ކަރުދާހަށް ގެނެވޭ އިސްލާޙު، ބީލަމުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް ކައުންސިލްގެ އިދާރާއިން ފޮނުވައިދޭނެ ކަމަށްވެސް އެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

އައު ތާވަލާ އެއްގޮތަށް ބީލަން ހުށަހެޅުން އޮންނާނީ 22 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

https://wamco.com.mv/
tel:+9607331319