logo

ކޮލަމާފުށީ ފެނަކައިން 10 މުވައްޒަފަކު ކަނޑާލައިފި

profile

އާމިނަތު ޝަޒްލާ - 29 އޯގަސްޓު 2026 - 13:35

ފެނަކަ ކޯޕަރޭޝަންގެ ގއ. ކޮލަމާފުށީ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ 10 މުވައްޒަފަކު އެއްވެސް އިންޒާރަކާ ނުލައި ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފިއެވެ.

https://wamco.com.mv/

މައުލޫމާތު ލިބިފައިވާ ގޮތުގައި، ކޮލަމާފުށީ ފެނަކަ ބްރާންޗުން ވަކިކުރި މުވައްޒަފުންގެ ތެރޭގައި ސިޔާސީ ސަބަބުތަކަށްޓަކައި މީގެކުރިން ސަރުކާރުން އެކިއެކި ފިޔަވަޅުތައް އަޅާފައިވާ މުވައްޒަފުން ވެސް ހިމެނެއެވެ. އެ މުވައްޒަފުންނަށް ކުރިން އެއްވެސް އެންގުމަކާ ނުލައި، ކުއްލިއަކަށް ވަޒީފާއިން ވަކިކުރި ލިޔުން ހަވާލުކުރުމާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.

މިފަދަ ގޮތަކަށް ދާދިފަހުން ހއ. މާރަންދޫ ފެނަކަ އޮފީހުން ވެސް އެއްވެސް އިންޒާރަކާ ނުލައި 13 މުވައްޒަފަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި ކޮލަމާފުށްޓާއި މާރަންދޫގެ އިތުރުން ވެސް، އަތޮޅުތެރޭގެ އެކި ރަށްރަށުގެ ފެނަކަ ބްރާންޗުތަކުގައި އާދައިގެ ވަޒީފާތައް އަދާކުރަމުންދާ ގިނަ މުވައްޒަފުންތަކެއް ސަރުކާރުން އަންނަނީ ވަޒީފާއިން ވަކިކުރަމުންނެވެ.

އަތޮޅުތަކުގެ އެކި ބްރާންޗުތަކުން މުވައްޒަފުން ވަކިކުރަމުންދާތީ ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި، މިއީ އިދިކޮޅު ސިޔާސީ ފިކުރުގެ މީހުން ބަލިކަށިކޮށްލުމުގެ ގޮތުން، ވަކި ބަޔަކަށް އަމާޒުކޮށްގެން މި ސަރުކާރުން ހިންގާ ސިޔާސީ ބަދަލުހިފުމުގެ އަމަލެކެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

https://wamco.com.mv/
tel:+9607331319