logo

އަވަސް ކާގޯ ޚިދުމަތަށް މޯލްޑިވިއަން ތައްޔާރުވަނީ: އެޖެންޓުން ހޯދުމުގެ މަސައްކަތް ފަށައިފި

profile

އާމިނަތު ޝަޒްލާ - 29 އޯގަސްޓު 2026 - 13:31

ޤައުމީ އެއާލައިން، މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުން ރާއްޖޭގެ 8 ސަރަހައްދަކަށް އެކްސްޕްރެސް ކާގޯގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެޖެންޓުން ހޯދުމަށް އިޢުލާނުކޮށްފިއެވެ.

https://wamco.com.mv/

އައިލެންޑް އޭވިއޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޚިދުމަތް ދިނުމަށް އެޖެންޓުން ހޯދަމުންދަނީ އެ އެއާލައިނުން މިހާރުވެސް ދަތުރުތައް ބާއްވަމުން އަންނަ މަންޒިލްތަކަށެވެ. އޭގެ ތެރޭގައި ބ. ދަރަވަންދޫ، ހދ. ކުޅުދުއްފުށި، ޏ. ފުވައްމުލައް އަދި އައްޑޫ ސިޓީގެ ރަށްތައް ހިމެނެއެވެ. އަދި މި ސަރަހައްދުތަކުގައި އެކްސްޕްރެސް ކާގޯގެ ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ރަސްމީކޮށް ހުޅުވާލެވިފައެވެ.

މި ޚިދުމަތް ފުޅާކުރުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުދާ އުފުލުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމެވެ. އެގޮތުން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް މި ޚިދުމަތް ފުޅާކުރުމުން އެކި ރަށްރަށުގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އުފައްދާ ތަކެއްޗާއި އެހެނިހެން މުދާ އެއްތަނުން އަނެއްތަނަށް އަވަހަށް އަދި ފަސޭހަކަމާއެކު ސަޕްލައިކުރުމަށް ބޮޑެތި މަގުތަކެއް ފަހިވެގެންދާނެ ކަމަށް މޯލްޑިވިއަނުން ފާހަގަކުރެއެވެ.

މީގެއިތުރުން، މި ޚިދުމަތުގެ ސަބަބުން ރަށްރަށުގެ ވިޔަފާރިތަކަށް އިތުރު ކުރިއެރުމާއި ދިރުން ލިބި، މުދާ ބަދަލުކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބަޔާންކޮށްފައެވެ.

https://wamco.com.mv/
tel:+9607331319