logo

އިންޖިނިއަރުންގެ ދުވަސް: ކުޑަކުދިންނަށް އެމްއޭސީއެލްގެ މަސައްކަތްތައް ދައްކާލައިފި

profile

އާމިނަތު ޝަޒްލާ - 30 އޯގަސްޓު 2026 - 06:28

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ކުރިއަށްގެންދިޔަ ޤައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ބައިވެރިވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ހިންގުމާ ގުޅިފައިވާ އެކިއެކި އިންޖިނިއަރިންގ އަދި ފަންނީ މަސައްކަތްތައް އާންމުންނަށް ދައްކާލައިފިއެވެ.

https://wamco.com.mv/

ޤައުމީ އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން ބޭއްވި މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ، ޤައުމުގެ ކުރިއެރުމުގައި އިންޖިނިއަރިންގ ދާއިރާގެ ދައުރު ކުޑަކުދިންނަށް އޮޅުންފިލުވައިދީ، ފަންނީ މަސައްކަތްތަކަށް އެކުދިންގެ ޝައުޤުވެރިކަން އިތުރުކުރުމެވެ. މި ހަވީރު ކުރިއަށް ގެންގޮސްފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މި އިވެންޓުގައި އެމް.އޭ.ސީ.އެލްގެ ފަރާތުން އިންޖިނިއަރިންގ އަދި ޓެކްނިކަލް މައިގަނޑު ހަތް ދާއިރާއެއްގެ މަސައްކަތްތައް ވަނީ ދައްކާލާފައެވެ. އޭގެ ތެރޭގައި ވޯޓަރ އެންޑް ސެވެރޭޖް ސަރވިސަސް (ޑަބްލިއު.އެސް.އެސް)، މެކޭނިކަލް ސަރވިސަސް (އެމް.އެސް.ޔޫ)، ހީޓް ވެންޓިލޭޝަން އެންޑް އައަރ ކޮންޑިޝަނިންގ (އެޗް.ވީ.އޭ.ސީ)، ފިއުލް ސަރވިސަސް، އިންފޮމޭޝަން ޓެކްނޮލޮޖީ (އައި.ޓީ)، އޭރޯ ޑްރޯމް ގްރައުންޑް އެއިޑްސް (އޭ.ޖީ.އޭ) އަދި ޕަވަރ ޖެނެރޭޝަން އެންޑް ޑިސްޓްރިބިއުޝަން (ޕީ.ޖީ.ޑީ.ޑީ)ގެ ދާއިރާ ހިމެނެއެވެ. މިއީ ރާއްޖޭގެ މައި ވައިގެ ބަނދަރު އެކަށީގެންވާގޮތުގައި ހިންގުމަށް ކުރެވޭ މުހިންމު މަސައްކަތްތައް ތަޖުރިބާކޮށްލުމަށް ކުދިންނަށް ލިބުނު އަގުހުރި ފުރުޞަތެކެވެ.

މި ޙަރަކާތުގައި ބައިވެރިވެރިންނަށް އެމް.އޭ.ސީ.އެލް ގެ އިންޖިނިއަރުންގެ ޢަމަލީ ތަޖުރިބާ ހިއްސާކޮށް، އެއަރޕޯޓު ހިންގުމުގެ ދާއިރާއިން ފަހިވެފައިވާ އިންޖިނިއަރިންގ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދީފައެވެ. އެމް.އޭ.ސީ.އެލް އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މިފަދަ ހަރަކާތްތަކުގެ ޒަރިއްޔާއިން، އޭވިއޭޝަން ދާއިރާއަށް ޝައުޤުވެރިވާ ޤާބިލު ޒުވާނުންތަކެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމަށެވެ.

https://wamco.com.mv/
tel:+9607331319