logo

ކާރެއް ފޭރިގަނެ، ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިންގި މީހަކު ހައްޔަރުކޮށްފި

profile

އާމިނަތު ޝަޒްލާ - 30 އޯގަސްޓު 2026 - 06:59

މީހަކަށް އަނިޔާކޮށް ބިރުދެއްކުމަށްފަހު، އޭނާގެ ކާރު ފޭރިގަނެގެން ދުއްވައި، ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިންގި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

https://wamco.com.mv/

މި ހާދިސާ ހިނގާފައިވަނީ އޮގަސްޓު 29 ވަނަ ދުވަހުގެ އިރުއޮއްސި 18:22 އެހައިކަންހާއިރު، ޏ. ފުވައްމުލަކުގައެވެ.

ފުލުހުންގެ މީޑިއާއިން މައުލޫމާތު ދިން ގޮތުގައި، ފުވައްމުލަކު މޫޑިގެ ކުރިމަތިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ މި ކާރު ސައިކަލެއްގައި ޖައްސައި އެކްސިޑެންޓް ކުރުމަށްފަހު މަޑުނުކޮށް ފިލަން ދަނިކޮށް، މަގުމަތިން ދަތުރުކުރި އެހެން ކާރެއްގައްޔާއި ރުކެއްގައި ޖެހި ވަނީ އެކްސިޑެންޓް ވެފައެވެ.

މި ހާދިސާގައި ސައިކަލު ދުއްވަން އިން އަންހެން މީހާއަށާއި ފަހަތުގައި އިން 8 އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އެ ދެމީހުންނަށް ފުވައްމުލައް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، އެ ވަގުތު އޭނާ ހުރީ މަސްތުގެ ހާލަތުގައެވެ. މީގެއިތުރުން، އޭނާ މި އެކްސިޑެންޓްތައް ހިންގާފައިވަނީ ކާރުގެ ވެރިފަރާތަށް އަނިޔާކޮށް، ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރުދީ، ގަދަކަމުން ކާރު ފޭރިގަނެގެން ގޮސް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި ހިމެނޭ އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319