
ގޭސް ލީކުވި ހާދިސާ: ނިޔާވި މީހާ ޕޯސްޓްމޯޓަމް ނުހަދައި، ހަށިގަނޑު އާއިލާއާ ހަވާލުކޮށްފި

އާމިނަތު ޝަޒްލާ - 30 އޯގަސްޓު 2026 - 06:59
މާލޭ މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ގޭސް ލީކުވުމުގެ ހިތާމަވެރި ހާދިސާގައި ނިޔާވި އަންހެންމީހާގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަކާ ނުލައި މިއަދު އާއިލާއާ ހަވާލުކޮށްފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ، ދަފްތަރު ނަންބަރު ރސ 6210، އުމުރުން 51 އަހަރުގެ ޒާހިދާ ތައުފީޤުއެވެ. މަރުގެ މައްސަލައެއްގެ ގޮތުގައި މި ހާދިސާ ފުލުހުން ތަޙުޤީޤު ކުރަމުންދާތީ، އޭނާގެ ހަށިގަނޑު މިހާތަނަށް ބާއްވާފައި އޮތީ މޯޗަރީގައެވެ. ނަމަވެސް، ޕޯސްޓްމޯޓަމް ނުހަދައި އާއިލާއާ ހަށިގަނޑު ހަވާލުކުރަން ނިންމި ސަބަބުގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 10:30 ހާއިރު ރިޕޯޓުކުރި މި ހާދިސާގައި ޒާހިދާގެ އިތުރުން އޭނާގެ 19 އަހަރުގެ އަންހެން ދަރިފުޅަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ޒާހިދާ ނިޔާވީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އަދި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ އޭނާގެ ދަރިފުޅުގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެ
ގުޅުން ހުރި ޙަބަރުތައް

ވިލިމާލޭގެ މަގުތަކަށް ލުޔެއް: ޖަމާކޮށްފައި ހުރި ބަލްކް ކުނިތައް ނަގައި ސާފުކޮށްފި
ސިކުންތުކޮޅެއް ކުރިން

ކާރެއް ފޭރިގަނެ، ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިންގި މީހަކު ހައްޔަރުކޮށްފި
ގަޑިއިރެއް ކުރިން

އިންޝުއަރެންސްއާބެހޭ ޤާނޫނުގެ ދަށުން ދެ ގަވާއިދެއް އެކުލަވާލައި ޢަމަލުކުރަން ފަށައިފި
2 ގަޑިއިރު ކުރިން

އިންޖިނިއަރުންގެ ދުވަސް: ކުޑަކުދިންނަށް އެމްއޭސީއެލްގެ މަސައްކަތްތައް ދައްކާލައިފި
2 ގަޑިއިރު ކުރިން


