
ވިލިމާލޭގެ މަގުތަކަށް ލުޔެއް: ޖަމާކޮށްފައި ހުރި ބަލްކް ކުނިތައް ނަގައި ސާފުކޮށްފި

އާމިނަތު ޝަޒްލާ - 30 އޯގަސްޓު 2026 - 08:10
ވިލިމާލޭގެ މަގުތަކާއި އެކި ސަރަހައްދުތަކަށް އުކާލައި، ގިނަ ދުވަސްތަކެއް ވަންދެން ޖަމާކޮށްފައި ހުރި ބޮޑެތި (ބަލްކް) ކުނިތައް ނަގައި، އެ ސަރަހައްދުތައް ސާފުކުރުމުގެ ބޮޑު ހަރަކާތެއް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންގޮސްފިއެވެ.
މި މަސައްކަތުގެ ދަށުން ވިލިމާލޭގެ އެކި މަގުތަކުގެ ކަންމަތީގައްޔާއި، ހުސް ބިންތަކުގައި ގިނަ އަދަދަކަށް ޖަމާވެފައި ހުރި ބާ ފަރުނީޗަރާއި، ލަކުޑި އަދި އިމާރާތްކުރުމަށް ބޭނުންކޮށްފައިވާ ބާވަތްތަކުގެ ބޮޑެތި ކުނިތައް ވަނީ އެއްކޮށް ނަގައި ސާފުކޮށްފައެވެ. މި ހަރަކާތަކީ ވިލިމާލޭގެ ވެށި ސާފުތާހިރުކޮށް، ރީތިކޮށް ބޭއްވުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެކެވެ.
މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ މުޅި މާލެ ސިޓީ އަދި ހާއްސަކޮށް ވިލިމާލެ ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކަމަށެވެ. އަދި މަގުތަކަށާއި އާންމު ތަންތަނަށް ކުނި ނޭޅުމަށާއި، ކުނި އުކާލުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް މޭޔަރ ޢާޒިމް ވާނީ ރައްޔިތުންނަށް އިލްތިމާސްކުރައްވައިފައެވެ.
މިފަދަ ހަރަކާތްތަކުން އެނގި ހާމަވަމުންދަނީ، މާލެ ސިޓީގެ ރައްޔިތުންގެ ހިތްހަމަޖެހުމާއި، ފަސޭހައާއި، ލާބައާއި މަންފާއަށްޓަކައި މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގައި، މޭޔަރ ޢާޒިމްގެ ތަރައްޤީގެ ދުރުމި، ވިލިމާލެއަށް ވެސް ވަރަށް ބޮޑަށް އަމާޒުވެފައިވާ ކަމެވެ.
މާލެ ސިޓީގެ އެކި އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ މިފަދަ އިޖުތިމާއީ އަދި ތިމާވެށީގެ މައްސަލަތައް ހައްލުކޮށްދިނުމަށް ކައުންސިލުން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އަންހެނަކަށް ވެގެން ފޭސްބުކުން 7 ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި މީހަކު ޖަލަށް!
40 މިނިޓު ކުރިން

ވަގު ޑޮލަރު ގެންގުޅުނު ދިވެހި އަންހެނަކު ޖަލަށް!
40 މިނިޓު ކުރިން

އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީ: އަލުން ރަޖިސްޓަރީވާން އެންސްޕާއިން އެދެފި
41 މިނިޓު ކުރިން

ކާރެއް ފޭރިގަނެ، ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިންގި މީހަކު ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން


