logo

ވަގު ޑޮލަރު ގެންގުޅުނު ދިވެހި އަންހެނަކު ޖަލަށް!

profile

އާމިނަތު ޝަޒްލާ - 30 އޯގަސްޓު 2026 - 08:10

ސައްހަ ނޫން (ވަގު) ޑޮލަރުތަކެއް ގެންގުޅުނު ދިވެހި އަންހެނަކު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

https://wamco.com.mv/

މި މައްސަލައިގައި ކޯޓުން ހުކުމް އިއްވާފައިވަނީ ގދ. ގައްދޫ، ދިލާވަރުގޭ އުމުރުން 25 އަހަރުގެ ޝަފުރާ އަބްދުﷲ އާދަމްގެ މައްޗަށެވެ.

މިއީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހުސެއިން ޒައިދާން އަލީ ކިޔާ މީހަކާއި އިތުރު ބަޔަކާއެކު ޝަފުރާ ސައްހަ ނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފެންމަތިވި މައްސަލައެކެވެ. އެ އޮޕަރޭޝަނުގައި ފުލުހުން ވަނީ އެމީހުން ހައްޔަރުކޮށް، ތަހުގީގަށްފަހު ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

ޝަފުރާގެ އަތުން ސައްހަ ނޫން ޑޮލަރުތަކެއް ފެނުނު މި މައްސަލައިގައި ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ ކުށަށް އިއުތިރާފުވެފައެވެ.

އޭނާގެ އިއުތިރާފުގެ މައްޗަށް ބިނާކޮށް ކްރިމިނަލް ކޯޓުން ޝަފުރާގެ މައްޗަށް އިއްވީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، މި މައްސަލައިގެ ތަހުގީގު މަރުހަލާގައި އޭނާ ބަންދުގައި ހޭދަކުރި 43 ދުވަސް ހުކުމުގެ މުއްދަތުން އުނިކުރުމުން، އޭނާ ޖަލުގައި ތަންފީޒު ކުރަން ޖެހޭނީ ދެ މަހާއި ފަސް ދުވަހުގެ މުއްދަތެކެވެ.

މި މައްސަލައިގައި ހުކުމް އިއްވި ޝަފުރާއަކީ މީގެ ކުރިންވެސް ތަފާތު އެކި ކުށްތަކުގެ ރެކޯޑު އޮންނަ މީހެއްކަން ފާހަގަކޮށްލެވެއެވެ.

https://wamco.com.mv/
tel:+9607331319