logo

އަންހެނަކަށް ވެގެން ފޭސްބުކުން 7 ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި މީހަކު ޖަލަށް!

profile

އާމިނަތު ޝަޒްލާ - 30 އޯގަސްޓު 2026 - 08:11

އަންހެނަކަށް ވެގެން ހިންގި ފޭސްބުކް އައިޑީއަކުން، އެކި މީހުންނާ ގާތްގުޅުން އުފައްދައި އޮޅުވާލައިގެން ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި ފިރިހެނަކު ޖަލަށްލައި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

https://wamco.com.mv/

"ޝާނާ ހުސެއިން" ނަމަކަށް ޖަހައިގެން ހިންގި ފޭސްބުކް އައިޑީން ގިނަ ބަޔަކަށް ލަނޑުދީ ފައިސާ އަތުލި މި މައްސަލާގައި ކޯޓުން ހުކުމްކޮށްފައިވަނީ ކ. ކާށިދޫ، ސިލިކޯން، އިސްމާއިލް ޒަބީހުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވީ ދެ އަހަރާއި ހަ މަސްދުވަހުގެ ޖަލު ހުކުމެކެވެ. މީގެ އިތުރުން 100،000 (އެއްލައްކަ) ރުފިޔާއިން އޭނާ ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.

މި މައްސަލާގައި ދައުލަތުން ކުރި ދައުވާގައި ބުނެފައިވަނީ، އެ އައިޑީ މެދުވެރިކޮށް އެކި މީހުންނާ ވާހަކަ ދައްކައިގެން ތިން އަހަރު ދުވަހުގެ ތެރޭގައި ޒަބީހު ވަނީ ޖުމްލަ 710،550 (ހަތްލައްކަ ދިހަހާސް ފަސްސަތޭކަ ފަންސާސް) ރުފިޔާ ހޯދައިފައެވެ. އެއީ ޖެނުއަރީ 2، 2022 އިން ފެށިގެން އޮގަސްޓް 20، 2024 ގެ ނިޔަލަށް އޭނާ ހޯދާފައިވާ ފައިސާއެވެ.

މިއީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން އެނގި ހުރެ، އެ ފައިސާ އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް ބޭނުންކޮށްފައިވާތީ، ޕްރޮސިކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހުން ވަނީ އެ ހުރިހާ ފައިސާއެއް ދައުލަތަށް ނަގައިދިނުމަށް ޝަރީއަތުގައި އެދިފައެވެ.

މި ދައުވާތައް ކޯޓުގައި ކުރިއަށް ދަނިކޮށް އިސްމާއިލް ޒަބީހު ވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ. އަދި ކޯޓުގައި ވާހަކަދައްކަމުން އޭނާ ބުނެފައިވަނީ ކުށަށް އިއުތިރާފުވީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި ކަމަށެވެ. އެހެންކަމުން، އެ އެއްބަސްވުމުގައި ގާނޫނީ ގޮތުން ފުރިހަމަވާންޖެހޭ އެންމެހައި ޝަރުތުތައް ފުރިހަމަވާތީ ޝަރީއަތުން ވަނީ އެ އެއްބަސްވުން ބަލައިގެންފައެވެ.

ކޯޓުގެ ހުކުމުގައިވާ ގޮތުން، ޒަބީހުގެ މައްޗަށް ދައުވާ ކުރި ދުވަސް ކަމަށްވާ ޖުލައި 5، 2026 އިން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ދައްކައި ޚަލާސްކުރަން ޖެހެއެވެ.

މީގެ އިތުރުން، މި މައްސަލައިގެ ތަހުގީގަށާއި ޝަރީއަތަށް އޭނާ ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން، ޒަބީހު ދެން ތަންފީޒު ކުރަން ޖެހޭނީ ހަތް މަހާއި 15 ދުވަހުގެ ޖަލު ބަންދެކެވެ.

https://wamco.com.mv/
tel:+9607331319