logo

ހުޅުމާލޭ އެކްސިޑެންޓް: ކުއްޖާގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރަށް!

profile

އާމިނަތު ޝަޒްލާ - 30 އޯގަސްޓު 2026 - 05:27

ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ނުވަ އަހަރުގެ ކުއްޖަކަށް، ވެންޓިލޭޓަރުގެ އެހީގައި ފަރުވާދޭން ފަށައިފިއެވެ.

https://wamco.com.mv/

ފުލުހުން ވިދާޅުވި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް 7 ވަނަ ޓަވަރު ކައިރީގައެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކަށެވެ.

މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. ނަމަވެސް، މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 18 އަހަރުގެ މީހާއަށް ލިބުނު އަނިޔާތަކުގެ ތަފުސީލެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަނިޔާވި ކުއްޖާގެ ހާލު ދެރަކަމުން މިހާރު ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

View post on Twitter

މާލެ ސަރަހައްދުގައި މަގުމަތީގެ ނުރައްކާތެރި ހާދިސާތައް ގިނަވަމުންދާއިރު، ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު (ޖަނަވަރީން ޖޫން މަހުގެ ނިޔަލަށް) މާލެއާއި ހައިވޭ ހިމެނޭހެން 1,355 އެކްސިޑެންޓް ވަނީ ރިޕޯޓުކޮށްފައެވެ. މިއީ ދުވާލަކަށް އެވްރެޖުކޮށް 7.49 އެކްސިޑެންޓެވެ.

https://wamco.com.mv/
tel:+9607331319