
ސިއްހީ ކުއްލި ހާލަތްތައް މެނޭޖުކުރުމުގެ ސަރަހައްދީ ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ

އާމިނަތު ޝަޒްލާ - 29 އޯގަސްޓު 2026 - 18:07
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތްތައް މެނޭޖުކުރުމާ ގުޅޭގޮތުން ބޭއްވި ސަރަހައްދީ އަހަރީ ފޯރަމެއްގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގެ އޮފިޝަލަކު ބައިވެރިވެވަޑައިގެންފިއެވެ.
އެޗް.ޕީ.އޭ އިން މައުލޫމާތު ދެއްވި ގޮތުގައި މި ފޯރަމް ބާއްވާފައިވަނީ މި އޯގަސްޓް މަހުގެ 26 އިން 28 އަށް އަވައްޓެހި ސްރީލަންކާގެ ކޮލަމްބޯގައެވެ.
މި ފޯރަމްގެ މައިގަނޑު މަގުސަދަކީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތްތައް ދާއިރާގެ ފެންވަރުގައި ހަރުދަނާކަމާއެކު މެނޭޖުކުރުމަށްޓަކައި، މުޖުތަމައުގެ ސިއްހީ މަސައްކަތްތެރިން ބާރުވެރިކުރުވުމެވެ. މީގެ އިތުރުން ސިއްހީ ކުއްލި ހާލަތްތަކުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށާއި، މިފަދަ ހާލަތްތަކަށް ހޭނުމުގެ ގާބިލުކަން މުޖުތަމައުގެ ފެންވަރުގައި އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މި ފޯރަމްގައި ވަނީ މަޝްވަރާކޮށްފައެވެ.
މިފަދަ ސަރަހައްދީ ފޯރަމްތަކުގައި ބައިވެރިވުމަކީ، ސަރަހައްދުގެ އެހެން ގައުމުތަކުގެ ތަޖުރިބާތަކުގެ އަލީގައި ރާއްޖޭގެ އާންމު ސިއްހަތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލޭ އެކްސިޑެންޓް: ކުއްޖާގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރަށް!
7 މިނިޓު ކުރިން

ކޮލަމާފުށީ ފެނަކައިން 10 މުވައްޒަފަކު ކަނޑާލައިފި
16 ގަޑިއިރު ކުރިން

އުފެއްދުންތެރިކަމުގެ މައުރަޒަށް ބޮޑު ތަރުޙީބެއް: ފުރުޞަތު ބަންދުވަނީ ހޯމަ ދުވަހު
16 ގަޑިއިރު ކުރިން

އަވަސް ކާގޯ ޚިދުމަތަށް މޯލްޑިވިއަން ތައްޔާރުވަނީ: އެޖެންޓުން ހޯދުމުގެ މަސައްކަތް ފަށައިފި
16 ގަޑިއިރު ކުރިން


