logo

އުފެއްދުންތެރިކަމުގެ މައުރަޒަށް ބޮޑު ތަރުޙީބެއް: ފުރުޞަތު ބަންދުވަނީ ހޯމަ ދުވަހު

profile

އާމިނަތު ޝަޒްލާ - 29 އޯގަސްޓު 2026 - 13:32

ދިވެހި އުފެއްދުންތެރިންނާއި ހުނަރުވެރިންގެ އުފެއްދުންތައް އެއްތަނަކުން ދައްކާލައި، މާކެޓު ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ އެންމެ ބޮޑު ހަރަކާތް ކަމަށްވާ "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ގެ ވާދަކުރުމުގެ ބައިގައި ތަކެތި ބައިވެރިކުރުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހަމަވަން ދެ ދުވަހަށް ވެއްޖެއެވެ.

https://wamco.com.mv/

މި އަހަރުގެ މައުރަޒުގައި ބައިވެރިވުމަށް އާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުން އަންނައިރު، މިހާތަނަށް 520 އަށްވުރެ ގިނަ މީހުން ވަނީ މައުރަޒުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާފައެވެ. މިއީ ފާހަގަކޮށްލެވޭ ފަދަ ބޮޑު އިތުރުވުމެކެވެ. ސަބަބަކީ މިދިޔަ އަހަރު މި މައުރަޒަށް ކުރިމަތިލީ 270 އެއްހާ މީހުން ކަމަށްވުމުން، މިއަހަރު ހުށަހެޅި އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު ދެގުނައާ ގާތްކުރާ އަދަދަކަށް ވާތީއެވެ. މި މައުރަޒުގައި އެންމެ ގިނަ މީހުން ބައިވެރިކުރަނީ އަތްތެރި މަސައްކަތްތަކާ ގުޅޭ އެކި ކެޓަގަރީތަކުންނެވެ.

މިއަހަރުގެ މައުރަޒަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ، ކުރިއަރަމުން އަންނަ ޒުވާނުންނަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން 13 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ ގޮތަށް އުމުރުފުރާ ހަމަޖެއްސުމެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ އެސިސްޓެންޓް ޑިރެކްޓަރ ސްޓްރެޓެޖިކް ޑިވެލޮޕްމަންޓް އެންޑް ރީޖަނަލް ސަރވިސަސް އަރީސާ މޫސާ ވިދާޅުވީ، މިވަގުތު ހުޅުވާލާފައިވަނީ ވާދަކުރުމުގެ ބަޔަށް ރަޖިސްޓްރީވުމަށް ކަމަށެވެ. އަދި ހުށަހަޅާ ތަކެތީގެ ތަފްސީލުތައް ހުށަހެޅުމާއި، އެވޯޑަށް ހުށަހަޅާ ތަކެތި ރަޖިސްޓްރީ ކުރުމަށް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުއްދަތު ދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ކޮންމެ މީހަކަށްވެސް ބޭނުންވަރަކަށް އުފެއްދުން ހުށަހެޅުނު ނަމަވެސް އެވޯޑަށް ލެވޭނީ އެއް ދާއިރާ ނުވަތަ ގިންތިއަކުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިއަހަރުގެ އޮކްޓޯބަރު މަހުގެ 23 އިން 31 ގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މައުރަޒުގައި އުފެއްދުންތައް ދައްކާލުމުގެ އިތުރުން، ވިޔަފާރިތައް މާކެޓު ކުރުމާއި ތަކެތި ވިއްކުމަށް ޚާއްޞަ އެކި ޑިސްޓްރިކްޓުތައް ހިމެނެއެވެ. އެ ބައިތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވެސް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ބީސީސީން މަޢުލޫމާތުދެއެވެ.

މި މައުރަޒުގެ ވާދަކުރުމުގެ ބައިން ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ހޯމަ ދުވަހުގެ ނިޔަލަށް expo.mv ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

https://wamco.com.mv/
tel:+9607331319