logo
މާލޭގައި ހިންގަމުން އަންނަ ފިހާރައެއް---

މާލޭގައި ހިންގަމުން އަންނަ ފިހާރައެއް---

މުދަލުގައި އަގުނުޖަހާ 17 ފިހާރައަކަށް ނޯޓިސް ފޮނުވައިފި

profile

ޖިނާން ޙުސައިން ޖަބީން - 22 އޮކްޓޯބަރު 2026 - 13:03

ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި އަގު ޖަހާފައި ހުރިތޯ ކަށަވަރުކުރުމުގެ ގޮތުން، ހުސްވި ހަފުތާގެ ތެރޭގައި 34 ފިހާރައެއް ބަލައި ފާސްކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

https://wamco.com.mv/

އެ މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، މި މަހުގެ 15 އިން 20 އަށް ކުރިއަށްގެންދިޔަ މި އިންސްޕެކްޝަނުގައި ބެލި ފިހާރަތަކުގެ ތެރެއިން ގާނޫނާ އެއްގޮތަށް އަގު ޖަހާފައިވަނީ 17 ފިހާރައެއްގައެވެ. އަދި ގަވާއިދާ އެއްގޮތަށް އަގު ޖެހުމަށް އަންގައި، ބާކީ 17 ފިހާރައަށް މިހާރު ވަނީ ނޯޓިސް ދީފައެވެ.

View post on Twitter

މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން ގަންނަ ފަރާތަށް ސާފުކޮށް އެނގެން ނެތް ނަމަ، އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާކަމެކެވެ. މުދާ ގަންނަ ފަރާތްތަކަށް އަގު ސާފުކޮށް އެނގޭނޭހެން ބަހައްޓާފައި ނުހުންނަކަމުގެ ޝަކުވާ ލިބެމުންދާތީ، އެފަދަ ވިޔަފާރިތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެ މިނިސްޓްރީން ވަނީ ދީފައެވެ.

މި ގާނޫނުގެ ދަށުން މުދަލުގައި އަގު ޖަހާފައިވާ ކަމަށް ބެލެވޭ މިންގަނޑުތަކުގެ ތެރޭގައި:

  1. މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެފައި، ޕްރިންޓްކޮށްފައި ނުވަތަ ހަރުކޮށްފައި ހުރުން.
  2. މުދާ ބަހައްޓާފައި ހުރި ތަނުގައި އަގު ލިޔެ ނުވަތަ ހަރުކޮށްފައި ހުރުމާއެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން ކަނޑައެޅިގެން އެނގެން ހުރުން.

ވިޔަފާރިކުރާ އެންމެހައި ފަރާތްތަކުން މި މިންގަނޑުތަކާ އެއްގޮތަށް އަގު ފެންނަން ހުންނާނޭހެން ބެހެއްޓުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގާނޫނާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށްޓަކައި މޮނިޓަރކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން، ބާޒާރުގައްޔާއި ފިހާރަތަކުގައި ތަކެތި ވިއްކަން ހުރި އަގުތައް އާންމުންނަށް ފަސޭހައިން ބަލައިލެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އިކޮނޮމިކް މިނިސްޓްރީން ވަނީ "އަގުމަގު" ގެ ނަމުގައި ޕޯޓަލެއް ތައާރަފުކޮށްފައެވެ. މިހާތަނަށް 224 ފިހާރައެއް ރަޖިސްޓްރީކޮށްފައިވާ މި ޕޯޓަލްގެ މައިގަނޑު މަގުސަދަކީ، އަސާސީ ކާބޯތަކެތީގެ އަގުތައް އެއްތަނަކުން ބަލައިލެވޭނެ މަގުފަހިކޮށްދިނުމެވެ.

https://wamco.com.mv/
tel:+9607331319