
މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބައެއް ބާވަތުގެ އުޅަނދުތައް ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

ޖިނާން ޙުސައިން ޖަބީން - 15 އޮކްޓޯބަރު 2026 - 11:46
މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި ދަތުރުފަތުރުކުރާ ފަރާތްތައް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމުގެ މަގުސަދުގައި، ވަކި ގަޑިތަކެއްގައި ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދުފަހަރު ދުއްވުން އިކޮނޮމިކް މިނިސްޓްރީން މަނާކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން، ކޮންމެ ދުވަހެއްގެވެސް ހެނދުނު 06:00 އިން ފެށިގެން 08:30 އާ ދެމެދު، 350 ކިލޯއަށްވުރެ ބަރު މުދާ އުފުލާ އުޅަނދުތަކާއި ފޯކްލިފްޓް، ޓްރަކް، ކްރޭން އަދި ޓްރެއިލަރ ފަދަ ބޮޑެތި އުޅަނދުތައް މާލޭގެ ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެނިހެން އެތެރޭގެ މަގުތަކުގައްޔާއި، ހުޅުމާލޭގެ ހުރިހާ މަގެއްގެ އިތުރުން ސިނަމާލެ ބްރިޖާއި ހައިވޭގައި ދުއްވުމަކީ މަނާކަމެކެވެ.
މީގެއިތުރުން، ޓްރެފިކް ބާރުބޮޑުވާ ވަގުތުތަކާ ދިމާކޮށް، ހެނދުނު 11:30 އިން ފެށިގެން މެންދުރުފަހު 13:30 އާ ދެމެދު ވެސް ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގަޔާއި، ބްރިޖު އަދި ހައިވޭގައި މިފަދަ ބަރު އުޅަނދުފަހަރު ދުއްވުން ވަނީ މަނާކޮށްފައެވެ.
އާންމު ރައްޔިތުންނާއި ދަރިވަރުންގެ ރައްކާތެރިކަމަށް އިސްކަންދީ، ސްކޫލްތައް ހުޅުވޭ ގަޑިތަކުގައްޔާއި، ސްކޫލްތަކުގެ ކިޔެވުން ނިމޭ ވަގުތުތަކުގައި، ސްކޫލް ހިމެނޭ ސަރަހައްދުތަކުގެ މަގުތަކުގައި މުދާ އުފުލުމާއި މިފަދަ އުޅަނދުތައް ދުއްވުމަކީ ކަނޑައެޅިގެން މަނާކަމެއް ކަމަށްވެސް އޮކޮނޮމިކް މިނިސްޓްރީން ވަނީ ތަކުރާރުކޮށް ހަނދާންކޮށްދީފައެވެ.
މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ރައްޔިތުންނަށް ފަސޭހަ މާހައުލެއް ގާއިމުކުރުމަށް އެޅި މި ފިޔަވަޅާ ހިލާފުވާ ފަރާތްތަކާމެދު، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ އިންޒާރު ވެސް އެ މިނިސްޓްރީން ވަނީ ދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

މުދަލުގައި އަގުނުޖަހާ 17 ފިހާރައަކަށް ނޯޓިސް ފޮނުވައިފި
21 ގަޑިއިރު ކުރިން

އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތައް ތަންފީޒުކުރަން ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަނީ
9 ދުވަސް ކުރިން

ވިއްކާ މުދަލުގައި އަގު ނުޖަހާނަމަ ފިޔަވަޅު އަޅަނީ
9 ދުވަސް ކުރިން

ތިލަފުށި ޕޯޓްގެ މަސައްކަތް ހަވާލްކޮށްފައިވަނީ ގާނޫނީ އިމުގެ ތެރެއިން: އިކޮނޮމިކް މިނިސްޓްރީ
މަހެއް ކުރިން


