
ވިއްކާ މުދަލުގައި އަގު ނުޖަހާނަމަ ފިޔަވަޅު އަޅަނީ

ޖިނާން ޙުސައިން ޖަބީން - 14 އޮކްޓޯބަރު 2026 - 09:45
ވިޔަފާރިކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި، އެ މުދަލުގެ އަގު ސާފުކޮށް ފެންނަން ނުހުންނަ ކަމުގެ ޝަކުވާތައް ލިބެމުންދާތީ، އަގު ނުޖަހާ ވިޔަފާރިކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ގޮތުގެ މަތިން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭގޮތަށް މެނުވީ، އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާކަމެއް ކަމަށެވެ.
މުދަލުގައި އަގު ޖަހާފައިވާ ކަމަށް ބެލެވޭނެ މިންގަނޑުތައް ވެސް މިނިސްޓްރީން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން:
- މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުރުން.
- އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި މުދަލުގެ އަގު ލިޔެފައި ނުވަތަ ހަރުކޮށްފައި ހުރުމާއެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން ސާފުކޮށް އެނގޭގޮތަށް ހުރުން.
އިކޮނޮމިކް މިނިސްޓްރީން ވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވިއްކަން ބަހައްޓާފައިވާ މުދަލުގައި އަގު ސާފުކޮށް ފެންނަން ހުންނާނޭހެން ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް މުދާ ވިއްކާ ފަރާތްތަކުން އަމަލުކުރޭތޯ ބެލުމަށްޓަކައި، އެ ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން އިންސްޕެކްޓްކޮށް މޮނިޓަރކުރަމުން ގެންދާނެ ކަމަށެވެ. އަދި ގާނޫނާއި ހިލާފަށް އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާ މެދު، އެ ގާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތައް ތަންފީޒުކުރަން ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަނީ
9 ގަޑިއިރު ކުރިން

ތިލަފުށި ޕޯޓްގެ މަސައްކަތް ހަވާލްކޮށްފައިވަނީ ގާނޫނީ އިމުގެ ތެރެއިން: އިކޮނޮމިކް މިނިސްޓްރީ
މަހެއް ކުރިން

ސިޔާސީ ބޭނުމަކަށް އިގްތިސާދުގެ ބާރުވެރިކަން ހޯދަން އެމްޑީޕީއިން ކުރާ ކަންތައް ހުއްޓާލަންޖެހޭ: ސައީދު
2 މަސް ކުރިން

އިކޮނޮމިކް މިނިސްޓަރ ސައީދު މަގާމުން ވަކިކުރަން އެމްޑީޕީއިން މަޖިލީހަށް ހުށަހަޅައިފި
2 މަސް ކުރިން


