
ސިޔާސީ ބޭނުމަކަށް އިގްތިސާދުގެ ބާރުވެރިކަން ހޯދަން އެމްޑީޕީއިން ކުރާ ކަންތައް ހުއްޓާލަންޖެހޭ: ސައީދު

މުޙައްމަދު ފަޟްލޫން - 05 އޯގަސްޓު 2026 - 13:23
ސިޔާސީ ބޭނުންތަކަށްޓަކައި ގައުމުގެ އިގްތިސާދީ ބާރުވެރިކަމަށް ނުފޫޒު ފޯރުވުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތްތައް ހުއްޓާލަންޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޔާސީ މަގްސަދުތަކެއް ހާސިލުކުރުމަށްޓަކައި ރާއްޖޭގެ ވިޔަފާރިތަކަށް އަމާޒުކޮށް، ގައުމީ އިގްތިސާދަށް އޮތް އިތުބާރު ނަގާލުމަށް އެމްޑީޕީގެ އިސް ފަރާތްތަކުންނާއި، ހާއްސަކޮށް ކުރީގެ ވެރިކަންތަކުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ކުރައްވާ މަސައްކަތްތައް ހުއްޓާލަންޖެހޭ ކަމަށެވެ.
ވިޔަފާރިވެރިންނަށް ދަތިވާނެހެންނާއި، އިގްތިސާދަށް ގެއްލުންވާނެ ފަދަ ގޮތްގޮތަށް އަމަލުކުރުމަކީ އެއްވެސް ފަރާތަކަށް މަންފާއެއް ކުރާނެ ކަމެއް ނޫން ކަމަށާއި، އޭގެ ނޭދެވޭ އަސަރު ކުރާނީ މުޅި ގައުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބާޒާރުގައި ދިވެހި ރުފިޔާ އިތުރުވެގެން ދިޔައީ އަށް ބިލިއަން ރުފިޔާ ޗާޕްކުރުމުގެ ސަބަބުން ކަމަށާއި، މިހާރު އިގްތިސާދީ ހާލަތަށް ބަދަލު އަންނަނީ އެއާ އެއްވަރަށް ޑޮލަރުގެ މުއާމަލާތްތައް ހަމަޖެއްސުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން، ކޮންމެ ދުވަހަކު މާކެޓްގެ ތެރޭގައި ބިރުވެރިކަން އުފައްދައި، އިގްތިސާދަށް ލޮޅުން އަރާފަދަ ދޮގު މައުލޫމާތު ފެތުރުން ހުއްޓާލުމަށް މިނިސްޓަރު ސައީދު ވަނީ އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ގުރައިދޫގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި
4 ގަޑިއިރު ކުރިން

ވާހަކަ - ބަދުނާމު ( އެޕިސޯޑް 1 )
8 ގަޑިއިރު ކުރިން

މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓު ދޫކުރަން ފަށަނީ
10 ގަޑިއިރު ކުރިން

ތޮއްޖެހުން ކުޑަކުރުމަށް އެމްޑީޕީގެ ސަރުކާރުން ފެށި އާރްޓީއެލްގެ ޚިދުމަތަކީ މުހިންމު މަޝްރޫޢެއް: އާޒިމް
10 ގަޑިއިރު ކުރިން


