logo

އިސްލާމިކް ރިފައިނޭންސިންގ އޯޕަންޑޭ ފަށައިގެން ކުރިއަށްދަނީ

profile

މުޙައްމަދު ފަޟްލޫން - 19 ސެޕްޓެމްބަރު 2026 - 07:12

އެސްއެމްއީ ޑިޖިޓަލް އިން ކުރިއަށްގެންދާ އިސްލާމިކް ރީފައިނޭންސިންގ އޯޕަން ޑޭ މިއަދު ފަށައިފިއެވެ.

https://wamco.com.mv/

އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އޯޕަން ޑޭގެ މައިގަނޑު މަގްސަދަކީ، އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ކަސްޓަމަރުން މިހާރު ނަންގަވާފައިވާ ކޮންވެންޝަނަލް ލޯނުތައް، ޝަރީޢާ ހަމަތަކަށް ފެތޭ އިސްލާމިކް ފައިނޭންސިންގ ފެސިލިޓީތަކަށް ބަދަލުކުރުމަށް ބޭނުންވާ މަޢުލޫމާތާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި އޯޕަން ޑޭގެ ތެރެއިން ކޭވައިސީ (ކަސްޓަމަރުންގެ މަޢުލޫމާތު) ފުރިހަމަކުރުމަށް ގިނަ ކަސްޓަމަރުންނަށް ފަސޭހަވެގެންދާނެކަން ފާހަގަކުރައްވައި އެސްއެމްއީ އިން ބުނީ، މިއަދުގެ ހަރަކާތުގެ ތެރެއިން އައު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި ކުރިން ލޯނު ނަންގަވާފައިވާ ފަރާތްތަކަށް އައު އެއްބަސްވުމެއް ލިބިގެންދާނެ ކަމަށާއި، މި އެއްބަސްވުމުގައި ސޮއިކުރެއްވުމާއެކު އެ ފަރާތްތަކުގެ ލޯނުތައް ވަގުތުން އިސްލާމިކް ފައިނޭންސިންގ އަށް ބަދަލުވެގެންދާނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

މި ހިދުމަތް ހޯއްދެވުމަށް އެދިވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް މިއަދު ހަވީރު 4:00 ގެ ނިޔަލަށް، ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ގްރައުންޑް ފްލޯއިން އެސްއެމްއީ ޑިޖިޓަލްގެ ޓީމާ ބައްދަލުކުރެއްވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ލޯނުތައް އިސްލާމިކް ފައިނޭންސިންގ އަށް ބަދަލުކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

އެސްއެމްއީ ޑިޖިޓަލް އިން މަޢުލޫމާތު ދިން ގޮތުގައި، ރިފައިނޭންސިންގއަށް ޝަރުޠުހަމަވާ ހުރިހާ ކަސްޓަމަރުންނަށްވެސް އެސްއެމްއީ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް އޮފަރ ފެންނަން ހުންނާނެއެވެ. އަދި މި އޮފަރ ލިބިވަޑައިގަންނަވާ ފަރާތްތަކުން ބީއެމްއެލް އިސްލާމިކް ބްރާންޗަށް ވަޑައިގަތުމުން ކުރިއަށްދާނެ މަރުޙަލާތައް ފުރިހަމަކުރެވޭނެ ކަމަށްވެސް އެ ފަރާތުން ވަނީ ބުނެފައެވެ.

މީގެ ކުރިން ކޮންވެންޝަނަލް ލޯނު ނަންގަވާފައިވާ ފަރާތްތަކުގެ ތެރެއިން އިސްލާމިކް ފައިނޭންސިންގއަށް ބަދަލުކުރުމުގެ ފުރުސަތު ލިބިފައިވާ ފަރާތްތަކަށް، އެއްބަސްވުމުގައި ސޮއިކުރުން ހިމެނޭހެން މުޅި ޕްރޮސެސް އެއްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ އިންތިޒާމު މިއަދުގެ އޯޕަން ޑޭ ގައި ވަނީ ހަމަޖައްސާފައެވެ. އެހެންކަމުން، ވަޑައިގަންނަވާއިރު އީފާސް އެކައުންޓް އެކްޓިވްކޮށްފައި ބެހެއްޓެވުމަށާއި، ކުރީގެ ލޯނު އެއްބަސްވުން ގެންނެވުމުގެ އިތުރުން، އެއްބަސްވުމުގައި ސޮއިކުރައްވަންޖެހޭ ހުރިހާ ފަރާތްތަކެއް ހާޒިރުވުމަށް އެސްއެމްއީ އިން ވަނީ ބުނެފައެވެ.

މިއަދު ކުރިއަށްދާ އޯޕަން ޑޭއަށް ޙާޟިރުވެވަޑައިނުގެންނެވޭ ފަރާތްތަކަށްވެސް، ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ލޯނު ބަދަލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މިއަދު ކުރިއަށްދާ އޯޕަންޑޭ މެދުވެރިކޮށް ރީފައިނޭންސިންގ ހިދުމަތް ހޯއްދަވަން އެދިވަޑައިގަންނަވާ ހުރިހާ ކަސްޓަމަރުން މިއަދު ހަވީރު 4:00 ގެ ކުރިން، ބޮޑުތަކުރުފާނު މަގުގައި ހުންނަ ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ގްރައުންޑް ފްލޯއަށް ވަޑައިގެން އެސްއެމްއީ ޑިޖިޓަލް ޓީމާއި ބައްދަލުކުރުމަށް ވަނީ އެދިފައެވެ.

https://wamco.com.mv/
tel:+9607331319