logo
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ / ފޮޓޯ: ޕީއެންސީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ / ފޮޓޯ: ޕީއެންސީ

ރައީސް ޑރ މުއިއްޒަކީ އިގްތިސާދީ މާހިރެއް: އަބްދުއްރަހީމް

profile

މުޙައްމަދު ފަޟްލޫން - 19 ސެޕްޓެމްބަރު 2026 - 07:06

ރައީސް ޑރ މުހައްމަދު މުއިއްޒަކީ އިގްތިސާދީ މާހިރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޕީއެންސީގެ މަތީ މަޖިލިސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ހަގީގީ އިގްތިސާދީ މާހިރުންނަކީ އެ ބޭފުޅުން ކުރައްވާ މަސައްކަތްޕުޅުތަކުން އެހެން މީހުންނަށް ބަލައިގަނެވޭ ފަދަ ހެޔޮ ނަތީޖާ ނެރެދެއްވާ ބޭފުޅުން ކަމަށެވެ. އެހެންކަމުން، ގޭގެ ސިޓިންގ ރޫމުގައި ތިއްބަވައިގެން އެހެން މީހުންނަށް ފާޑުވިދާޅުވަމުން، އަމިއްލަފުޅަށް އިގްތިސާދީ މާހިރެއްގެ ގޮތުގައި ދައުވާ ކުރެއްވި ނަމަވެސް އެކަން ގަބޫލުނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، އިގްތިސާދީ މާހިރުންނަކީ ސިޓިންގ ރޫމްތަކުގައި ދައްކާ ބޭކާރު ވާހަކަތަކަށް ބެލުމެއްނެތި، އިގްތިސާދީ ފުން ވިސްނުމާއި ތަޖުރިބާގެ އަލީގައި ނަތީޖާ ނެރެދެއްވާ ބޭފުޅުން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ އެފަދަ އިގްތިސާދީ މާހިރެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މި ވާހަކަތަކާ ގުޅިގެން ފާޑުކިޔުންތަކާއި ރައްދު އަންނާނެކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ސަރުކާރުން އެކަންކަމަށް ރައްދުދޭން ފަށައިފިނަމަ، އިދިކޮޅު ފަރާތްތަކަށް ޖެހޭނީ މައިކާ ދުރުގައި ތިބެން ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށާއި އެމަނިކުފާނުގެ ޕާޓީ، ޕީއެންއެފްގެ ބޭފުޅުންނަށް ނުސީދާކޮށް އަމާޒުކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، އެ ބޭފުޅުންނަށް ދޭންޖެހޭ ރައްދު ނުދެވޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި، އެ ބޭފުޅުންނަށް ނޭނގޭ ހަގީގަތްތައް އެނގޭނެ އެހެން ބަޔަކުވެސް ނުތިބޭނެ ކަމަށެވެ.

1991 އިން ފެށިގެން ސިޔާސީ ގޮތުން އެކުގައި މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އެބޭފުޅުންގެ ފަތިފުށާއި މަތިފުއް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

ރޭގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީ އިން ގައުމު ބަނގުރޫޓުވާނެ ކަމަށް ބުނަމުން ދާތީ އަބްދުއްރަހީމް ވަނީ އެކަމަށް ރައްދު ދެއްވާފައެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ މުއިއްޒު މި ރާއްޖޭގެ ވެރިކަމާއި ހަވާލްވިއިރު އިދިކޮޅުން ރާއްޖެ 3 މަސްދުވަހުގެ ތެރޭގައި ބަނގުރޫޓު ވާނެ ކަމަށް ބުނަމުންދިޔަ ކަމަށެވެ. ނަމަވެސް ވެރިކަމަށް 3 އަހަރު ވީއިރުގައި ރާއްޖެ ބަނގުރޫޓް ނުވެ ދަރަނިތައް ދައްކައި ހަލާސްކުރަމުންދާތަން ފެނިގެންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319