logo
ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު / ފޮޓޯ: ޕީއެންސީ

ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު / ފޮޓޯ: ޕީއެންސީ

އަމާޒަކީ ސިސްޓަމް ތެރެއިން ކޮރަޕްޝަން ނައްތާލުން: ރައީސް

profile

މުޙައްމަދު ފަޟްލޫން - 19 ސެޕްޓެމްބަރު 2026 - 07:08

ސަރުކާރުގެ މައިގަނޑު އަމާޒަކީ ވެރިކަން ހިންގުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން އެއްކޮށް ނައްތާލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޕީއެންސީގެ މަޖިލިސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި މާޒީގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ހިނގާފައިވާ ކަމަށެވެ. އެގޮތުން އެފްޕީއައިޑީ އާއި އެމްއެމްޕީއާރުސީގެ އިތުރުން ވެންޓިލޭޓަރުގެ ޚިޔާނާތް ފާހަގަކުރައްވަމުން، މިފަދަ ވައްކަންތަކުން ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަށް މީގެ ކުރިން އެދެވޭ މަސައްކަތްތަކެއް ކުރެވިފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ވޭތުވެދިޔަ ސަރުކާރުން ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން ގެ ޝިއާރު ދެއްކި ނަމަވެސް، ޢަމަލީ ގޮތުން އެކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީއަށް ރައީސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ކޮރަޕްޝަން ހުއްޓުވާނީ މުޅި ނިޒާމު އިޞްލާޙުކޮށްގެން ކަމަށެވެ. އެގޮތުން ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް އެސެޓް ރިކަވަރީ ބިލެއް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި، އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވެ ބިރުގަންނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ތަފްސީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަ އިސްލާހުތަކާއި، އޭސީސީ ގެ ހިންގުން ހަރުދަނާކުރުމުގެ އިތުރުން، ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމާއި، ފުލުހުންގެ ތަހުގީގީ ގާބިލްކަން އިތުރުކުރުމަކީ މި މަސައްކަތުގެ މުހިންމު ބައިތަކެއް ކަމަށެވެ.

މީގެއިތުރުން، ވެރިކަން ހިންގުމުގެ ނިޒާމުގެ ތެރެއިން ހިޔާނާތާއި ކޮރަޕްޝަނަށް މަގުފަހިވާ ދޮރުތައް ބަންދުކުރުމަށްޓަކައި، ސަރުކާރުގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރަމުންދާކަން އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހިދުމަތްތައް ޑިޖިޓަލް ކުރެވިގެން ދިޔުމުން، ނާޖާއިޒު ފައިދާ ހޯދައިދިނުމާއި ވަކި ފަރާތަކަށް ޖެހިގެން ކަންކަން ކުރުމަށް އޮންނަ ފުރުސަތު ހަނިވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319