
ޕީއެންސީގެ އައު ރަސްމީ ވެބްސައިޓް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި

މުޙައްމަދު ފަޟްލޫން - 19 ސެޕްޓެމްބަރު 2026 - 07:09
ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އައު ރަސްމީ ވެބްސައިޓް ރޭ ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މި ވެބްސައިޓް އިފްތިތާހުކޮށްދެއްވީ ރޭ ބޭއްވުނު ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް ނުވަތަ ސެނެޓްގެ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި، އެ ޕާޓީގެ ރައީސް އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ޕީއެންސީން މަޢުލޫމާތުދިން ގޮތުގައި، އަލަށް ތަޢާރަފުކުރެވުނު މި ވެބްސައިޓަކީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި ހިދުމަތްތައް ހިމަނައިގެން ފަރުމާކޮށްފައިވާ ފުރިހަމަ ޕޯޓަލްއެކެވެ.
މި ވެބްސައިޓް މެދުވެރިކޮށް ޕާޓީގެ އެންމެ ފަހުގެ ޚަބަރުތަކާއި ހަރަކާތްތަކުގެ މަޢުލޫމާތު ލިބުމުގެ އިތުރުން، މެންބަރުންނަށް ބޭނުންވާ މުހިއްމު ހިދުމަތްތައް ލުއިފަސޭހަކަމާއެކު ލިބިގެންދާނެއެވެ.
ރޭ ބޭއްވި ޕީއެންސީގެ ސެނެޓް ބައްދަލުވުމުގައި އެ ޕާޓީގެ އެތެރޭގެ މުހިންމު އިންތިޚާބުތަކެއް ކުރިއަށްގެންގޮސްފައިވާއިރު، މި އިންތިހާބުތަކުގެ ވޯޓުލުން މުޅިންވެސް ކުރިއަށްދިޔައީ ޑިޖިޓަލް ނިޒާމެއްގެ ތެރެއިންނެވެ.
މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިފަދަ ބޮޑު އިންތިޚާބެއް މުޅިން ޑިޖިޓަލައިޒްކޮށް، ކާމިޔާބުކަމާއެކު ބޭއްވި ފުރަތަމަ ފަހަރެވެ.
ދިވެހިރާއްޖެ ޑިޖިޓަލް އިގްތިސާދަކަށް ބަދަލުކޮށް، ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މުހިންމު ރިޔާސީ ވަޢުދުފުޅެކެވެ.
އެމަނިކުފާނުގެ މި ތަސައްވުރާ އެއްގޮތަށް، ދަޢުލަތުގެ އިދާރާތަކާއި ޕާޓީގެ ހިންގުން ޒަމާނީ ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ބާރަށް ކުރިއަށެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
އިސްލާމިކް ރިފައިނޭންސިންގ އޯޕަންޑޭ ފަށައިގެން ކުރިއަށްދަނީ
39 މިނިޓު ކުރިން

50 މިލިއަން ޑޮލަރުގެ ޓީބިލު ދެއްކީ އެސްޑީއެފް މެދުވެރިކޮށް : މާލީ ވުޒާރާ
42 މިނިޓު ކުރިން

އަމާޒަކީ ސިސްޓަމް ތެރެއިން ކޮރަޕްޝަން ނައްތާލުން: ރައީސް
43 މިނިޓު ކުރިން

ރައީސް ޑރ މުއިއްޒަކީ އިގްތިސާދީ މާހިރެއް: އަބްދުއްރަހީމް
44 މިނިޓު ކުރިން


