
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ކެޔޮދޫން މީހަކު ހައްޔަރުކޮށްފި

އާމިނަތު ޝަޒްލާ - 22 އޯގަސްޓު 2026 - 13:38
ވ. ކެޔޮދޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ވ. ކެޔޮދޫ، ދޭލިޔާގެ، އުމުރުން 31 އަހަރުގެ އަޙްމަދު ފާޒިލް އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މި އޮގަސްޓު މަހުގެ 20 ވަނަ ދުވަހު، ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ.
މި އޮޕަރޭޝަންގެ ތެރެއިން، ކެޔޮދޫގައި އޭނާ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ ދެ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ 265.01 ގުރާމުގެ ތަކެތި ފުލުހުން ވަނީ ހޯދައި އަތުލައިގެންފައެވެ.
ފާޒިލް ހައްޔަރުކުރުމަށްފަހު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އޭޝިއަން ގޭމްސްގެ 7 ކުޅިވަރެއްގައި ރާއްޖެއިން ވާދަކުރަނީ
9 ގަޑިއިރު ކުރިން

ތ. ބުރުނީގައި ބިދޭސީން ހޭލުންތެރިކުރުމުގެ ހަރަކާތެއް ބާއްވައިފި
9 ގަޑިއިރު ކުރިން

ތިލަމާލެ ބްރިޖު މަޝްރޫއު: މާލެ-ވިލިމާލެ ދެމެދުގެ ފަހު ސެގްމެންޓް ގުޅުވާލައިފި
9 ގަޑިއިރު ކުރިން

ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރި ފޯރަމް ރާއްޖޭގައި ބާއްވަނީ
9 ގަޑިއިރު ކުރިން


