
ތ. ބުރުނީގައި ބިދޭސީން ހޭލުންތެރިކުރުމުގެ ހަރަކާތެއް ބާއްވައިފި

އާމިނަތު ޝަޒްލާ - 22 އޯގަސްޓު 2026 - 13:38
ތ. ބުރުނީގައި ދިރިއުޅޭ ބިދޭސީން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަހު 19 ވަނަ ދުވަހު ބުރުނީ ފުލުހުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، އެ ރަށުގައި ބިދޭސީން މަސައްކަތްކުރާ ސައިޓުތަކާއި، ވިޔަފާރިތަކަށް އަދި ބިދޭސީން ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް ބިދޭސީންނާ ބައްދަލުކޮށް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން، ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށާއި، ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އޯޓީޕީ ކޯޑު ހިއްސާނުކުރުމަށާއި، އޮންލައިން ވިޔަފާރިކުރާއިރު ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ. އަދި އާންމު އިޖުތިމާއީ ކަންކަމުގައި އަމަލުތައް ބަހައްޓަންވީ ގޮތާއި ކުށުގެ މާހައުލުން ރައްކާތެރިވެތިބުމަށާއި ގެންގުޅޭ ތަކެއްޗަށް ސަމާލުވެ ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަން ކިޔައިދީފައިވެއެވެ.
އޭގެ އިތުރުން، ބިދޭސީންގެ ހުރި ކަންބޮޑުވުންތައް އުޅުންފިލުވައި އަދި ދިރިއުޅުމުގެ ހާލަތު ހުރިގޮތް ދެނެގަނެ ރަނގަޅުކުރެވެންހުރި ކަންކަން ރަނގަޅު ކުރެވޭނެ ގޮތްތައް ކިޔައިދީފައިވެއެވެ. އަދި އިމިގްރޭޝަންގެ ގާނޫނާއި އެއްގޮތަށް އުޅުމަށް އިލްތިމާސްކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

އޭޝިއަން ގޭމްސްގެ 7 ކުޅިވަރެއްގައި ރާއްޖެއިން ވާދަކުރަނީ
9 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ކެޔޮދޫން މީހަކު ހައްޔަރުކޮށްފި
9 ގަޑިއިރު ކުރިން

ތިލަމާލެ ބްރިޖު މަޝްރޫއު: މާލެ-ވިލިމާލެ ދެމެދުގެ ފަހު ސެގްމެންޓް ގުޅުވާލައިފި
9 ގަޑިއިރު ކުރިން

ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރި ފޯރަމް ރާއްޖޭގައި ބާއްވަނީ
9 ގަޑިއިރު ކުރިން


