logo

"އަލިފާން " ޓީޒަރ އިން ފިލްމުގެ ހޫނާއި ދިލަ ގަދަކަން ހާމަވޭ!

profile

އައިޝަތު އިބްރާހިމް - 02 މޭ 2025 - 13:40

ޑަރކް ރެއިން އެންޓަޓެއިންމެންޓުން ރިލީސް ކުރަން ހަމަޖެހިފައިވާ ދިވެހި ފިލްމް "އަލިފާން"ގެ ޓީޒަރ ދައްކާލައިފިއެވެ.

https://wamco.com.mv/

ފިލްމުގެ ފުރަތަމަ ޓީޒަރ އިން ވެސް މިއީ ހަމަ ހަޤީޤަތުގައި ވެސް އަލިފާން ޖަހާނެ އަދި އެހާމެ ދިލަގަދާވާނެ ފިލްމެއްކަން ހާމަވެ އެނގެއެވެ. "އަލިފާން" މިއީ ހުސްވި އަހަރުގެ އޮގަސްޓް 19 ގައި ޝޫޓިންގ ފަށައި، މިއަހަރުގެ ފެބްރުއަރީ މަހު ޝޫޓިންގ ނިންމާފައިވާ ވަރުގަދަ ފިލްމެކެވެ.

މިއީ 2024ވަނަ އަހަރު ރިލީޒްކުރި ވަރުގަދަ ފިލްމު “ފުރޭތަ” އުފެއްދި ޓީމުން ގެނެސްދޭ ފިލްމެކެވެ. މިހާރު އާންމުކޮށްފައިވާ ޓީޒަރގެ މަންޒަރުތަކާއި އަޑުތަކުން މި ފިލްމަކީ ވަރަށް ވަރުގަދަ ފިލްމަކަށް ވެގެންދާނެކަން ޤަބޫލުކުރެވެއެވެ.

ޑާކްރެއިނުން، ނިމުނު އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއާއްމުކުރި ފިލްމު “އަލިފާން” އަކީ އެކްޝަން ތްރިލާ ޖޯންރާގެ ފިލްމެކެވެ. އެންމެ ފުރަތަމަ ފެނިލުމުންވެސް ބެލުންތެރިން ޝައުގުވެރިވާނެ ފަދަ ތަފާތު ކަންތައްތަކެއް "އަލިފާން"ގެ ޓީޒަރ އިން ފެނިގެންދެއެވެ.

Watch on YouTube

އުމުރުން 18 އަހަރުން މަތީ އުމުރުފުރާއަށް ކްލެސިފައިކޮށްފައިވާ މި ފިލްމުގެ ޓްރެއިލާއިން ގޭންގް ވަޔަލެންސާއި އެމީހުންގެ ބަހުރުވަ ދައްކައިދެއެވެ. ފައިޓް ސީންތަކެއް ފެނިގެންދެއެވެ. ފައިސަލްގެ ތަފާތު ލުކާއި، އަބްްދުﷲ ނިޔާޒު (ޖޭމު އައްލޯ)ގެ ފައިޓް ސީންގެ އިތުރުން ޝީލާ ނަޖީބް ކުޅެފައިވާ އިންތިހާއަށް ތަފާތު ރޯލުގެ މިންވަރެއް ފެނިގެންދެއެވެ. މީގެ އިތުރުން ޝަރަފް، އަލީފްގެ އިތުރުންވެސް އިތުރު މޫނުތަކެއް ފެނިގެންދެއެވެ.

އަހްމަދު ތޮލާލް (ތޮލް) ގެ ސްކްރީން ޕްލޭއަކަށް ހަދާ މި ފިލްމު ރަވީ ފާރޫގް އާއި ޢަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓުކޮށްފައިވާއިރު، ޕްރޮޑިއުސަރ އަކީ މުޙައްމަދު ޢަލީ (މޮގާ) ކަން ފާހަގަކުރެވެއެވެ.

ފިލްމު “އަލިފާން”ގެ ޝޫޓިން މިދިޔަ އަހަރުގެ އޮގަސްޓް މަހު ނިންމާލާފައިވާއިރު މިހާރު ކުރިއަށް ދަނީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ކަމަށް ޑަރކްރެއިން އިން ބުނެ އެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް ބުނެފައިވަނީ 06 އޮކްޓޯބަރު 2025ގައެވެ.

https://etukuri.mv/
https://www.aslu.com.mv