logo

ރާއްޖޭން ހިމަބިހީގެ އިތުރު ދެ މީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު ނުވައަކަށް!

profile

އާމިނަތު ޝަޒްލާ - 26 މޭ 2026 - 15:51

ރާއްޖެއިން ހިމަބިހި (މީސްލްސް)ގެ އަނެއްކާވެސް 2 މީހަކު ޕޮޒިޓިވްވެގެން ރިޕޯޓްކުރެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފިއެވެ. މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ނުވަޔަކަށް އަރައިފިއެވެ.

https://wamco.com.mv/

އެޗްޕީއޭ އިން މިއަދު ހާމަކުރި ގޮތުގައި، އަލަށް ޕޮޒިޓިވްވި ދެ މީހުންނާއެކު މި މަހުގެ ތެރޭގައި އެކަނިވެސް ހަ މީހަކަށް ވަނީ މި ބަލި ޖެހިފައެވެ. މި ކޭސްތަކާ ގުޅިގެން، ބަލި ޖެހުނު މީހުންނާ ކޮންޓެކްޓްވި މީހުން ދެނެގަތުމުގެ މަސައްކަތް (ކޮންޓެކްޓް ޓްރޭސިން) އެ އިދާރާއިން މިހާރު އަންނަނީ ކުރަމުންނެވެ.

މިވަގުތުވެސް 5 ކޭސްގެ އިންވެސްޓިގޭޝަން ކުރެވެމުންދާ ކަމަށާ މި ކޭސްތަކާ ގުޅިގެން މިހާތަނަށް 128 އަށްވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް އެ އެޖެންސީން ބުނެއެވެ.

މަބިހީގެ އާންމު އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހަމުގައި ރަތް ބިހިތަކެއް ނެގުމާއި، ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުމުގެ އިތުރުން ލޯ ރަތްވުން ހިމެނެއެވެ. މިއީ އާންމު ރޯގާތަކުގައިވެސް ފެންނަ އަލާމާތްތަކެއް ނަމަވެސް، ހިމަބިހީގައި ހާލަތު ގޯސްވެއްޖެނަމަ ނިއުމޯނިޔާ ޖެހުމާއި ލޮލުގެ ފެނުމަށް އަސަރުކުރުން ފަދަ ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް މައްސަލަތަކާ ކުރިމަތިލާންޖެހެއެވެ.

ހިމަބިހީގެ ކޭސްއެއް ފެނިއްޖެނަމަ، އާއްމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި، ބަލިޖެހުނު މީހާއާ ދިމާވި މީހުން ދެނެގަތުމަށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް އެޗްޕީއޭއިން ކުރަމުންދާ ކަމަށް އެ އެޖެންސީން ބުނެއެވެ.

ރާއްޖޭގައި މި ބަލީގެ ކޭސްތަކެއް ފެނިފައިވާއިރު، މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި އަވަށްޓެރި ގައުމުތަކުގައިވެސް ހިމަބިހި ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ދުވަސްވަރެއްކަން ފާހަގަކޮށްލެވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk