
އީދު ނަމާދު ގަޑީގައި ބަސް ދަތުރު ޝެޑިއުލްއަށް ބަދަލުތަކެއް ގެނެސްފި

މުޙައްމަދު ފަޟްލޫން - 26 މޭ 2026 - 13:58
މިއަހަރުގެ އަޟްހާ ޢީދު ނަމާދުގެ ވަގުތުތަކަށް ރިޢާޔަތްކޮށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ދެމުންގެންދާ ބަހާއި ފެރީގެ ޚިދުމަތްތަކުގެ ޝެޑިއުލަށް ބަދަލުތަކެއް ގެނެސްފިއެވެ.
މިއީ ޢީދު ނަމާދުގެ ވަގުތުގައި ދަތުރުވެރިންނަށާއި މުވައްޒަފުންނަށް ލުއިފަސޭހަކޮށްދިނުމުގެ މަޤްޞަދުގައި ގެނެވުނު ބަދަލުތަކެއް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، އަޟްހާ ޢީދު ދުވަހު ގްރޭޓަރ މާލެ ސަރަހައްދުގައި އާރްޓީއެލް ބަހުގެ ޚިދުމަތް އާންމު އުސޫލުން ފަށާނީ ހެނދުނު 8:00 ގައެވެ.
ނަމަވެސް، އެއަރޕޯޓަށް ދަތުރުކުރާ ފަރާތްތަކަށް ޚާއްޞަ އިސްކަމެއް ދިނުމުގެ ގޮތުން، މާލެއާއި ހުޅުމާލެ ފޭސް 1 އަދި ފޭސް 2 އިން އެއަރޕޯޓަށް ހެނދުނުގެ ވަގުތުތަކުގައި ޚާއްޞަ ދަތުރުތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
އެގޮތުން، ޢީދު ނަމާދުގެ ކުރިން ކުރާ ފުރަތަމަ ދަތުރުތައް ހެނދުނު 5:30 އިން 6:05 އާ ދެމެދު ކުރިއަށްދާއިރު، ދެވަނަ ދަތުރުތައް އޮންނާނީ 6:00 އިން 6:35 އަށެވެ.
މި ދަތުރުތަކަށްފަހު، ޢީދު ނަމާދު ވަގުތަށް މި ތިން ރޫޓުގެ ޚިދުމަތް މެދުކަނޑާލުމަށްފަހު އަލުން އާންމު އުސޫލުން ފަށާނީ ހެނދުނު 8:00 ގައެވެ.
ކަނޑުދަތުރުފަތުރުގެ ޚިދުމަތްތަކަށް ބަލާއިރު، މާލެއާއި ވިލިމާލެއާ ދެމެދު ކުރާ ފެރީގެ ޚިދުމަތަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
ޢީދު ނަމާދުގެ ވަގުތާ ދިމާކޮށް ހެނދުނު 6:30 އިން ފެށިގެން 8:15 އާ ހަމައަށް ފެރީގެ ޚިދުމަތް މެދުކަނޑާލެވޭނެއެވެ.
އެގޮތުން ނަމާދުގެ ކުރިން ކުރާ އެންމެ ފަހު ފެރީ ދަތުރު ހެނދުނު 6:30 ގައި އޮންނައިރު، ނަމާދަށްފަހު ޚިދުމަތް އަލުން ފަށާނީ ހެނދުނު 8:15 ގައެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖޭން ހިމަބިހީގެ އިތުރު ދެ މީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު ނުވައަކަށް!
ގަޑިއިރެއް ކުރިން

މާލެ ސަރަހައްދުން މިމަހުގެ މިހާތަނަށް ހިމަބިހީގެ 6 ކޭސް ފެނިއްޖެ
3 ގަޑިއިރު ކުރިން

އިސްރާއީލަށް ޖާސޫސްކޮށްދިން މީހަކު އީރާނުން މަރާލައިފި
3 ގަޑިއިރު ކުރިން

މިހާތަނަށް 9 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)